ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސީޒަންގެ “ޕަރީ” ގެ ޓްރެއިލަރ ވަރަށް ބިރުވެރި!

ދިވެހި ސިނަމާއަށް އަބަދުވެސް ތަފާތު ކަންތައްތަކެއް ތައާރަފުކުރަމުން އަންނަ ރާއްޖޭގެ މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ޢަލީ ސީޒަންގ ‘ޕަރީ’ގެ ޓްރެއިލަރ ރިލީޒްކޮށްފި އެވެ. ރިލީޒްކޮށްފައިވާ ޓްރެއިލާއިން މީގެ ކުރިން ދިވެހި ބިރުވެރި ފިލްމުތަކުން ނުފެންނަ ކަހަލަ ބައެއް މަންޒަރުތައް ފެނިގެންދެއެވެ.

މިފިލްމުގެ ލީޑު ރޯލުން ފެނިގެންދާ ތަރިންގެ މޮޅު ހުނަރު ފެނިގެންދާ މިޓްރެއިލާ އިން ބިރުވެރި ކަންތައްތަކެއްގެ ހިންގާ އެންމެން ހާސްކަމެއްގެ ތެރޭގައި ތިބޭ މަންޒަރު ފެނެ އެވެ.

މިފިލްމަކީ ބެލުންތެރިންނާއި ހަމައަށް ގެނެސްދޭ ވަރަށް ވެސް ތަފާތު ފިލްމަކަށް ވާއިރު މިއީ މިހާރު ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ފިލްމެކެވެ. މިފިލްމު ވެގެންދާނީ އަންނަ އަހަރު ސިނަމާއިން ފެނިގެންދާނެ ތަފާތު، މޮޅު ފިލްމަކަށް ކަމަށް މި ފިލްމުން މިހައިތަނަށް ފެނިފައިވާ މަންޒަރުތަކުން ބުނަން އެނގެއެވެ.

07 ޖެނުއަރީ 2026ގައި ރިލީޒްކުރާ މި ފިލްމަކީ އަހުމަދު އަހުސަން އާއި އަލީ ސީޒަން ޕްރޮޑިއުސްކުރާ ފިލްމެކެވެ.

މިފިލްމުގެ ޓްރެއިލާ ރިލީޒް ކޮށްފައިވާއިރު، ޓިކެޓަށް އެޑްވާންސް ބުކިންވެސް މިހާރު ހެއްދޭނެއެވެ. އެގޮތުން 9331243 އަށް ގުޅުމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އެދެއެވެ.

އަތޮޅުތެރޭގެ ރަށްރަށުގައި ފިލްމު “ޕަރީ” ދައްކަން ބޭނުންވާ ފަރާތްތަކުން ނަންނޯޓްކުރުމުގެ ފުރުޞަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން ރެޖިސްޓްރީކޮށްލުމަށް 9331243 އަށް ގުޅުމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އެދެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top