ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޑީޑީގެ އޭއައި ސިކުނޑިން މިފަހަރު “ރެހެންދި ޚަދީޖާ”

މަސްނޫޢީ ތޫނުފިލި ވިސްނުން ނުވަތަ އާޓިފިޝަނަލް އިންޓެލިޖެންސް (އޭއައިީ) އިން ވަނީ އެކި ދާއިރާތައް ކުރިއަރުވައި، މުޖުތަމައުގެ އުސޫލުތައް އަލުން ބައްޓަންކޮށް، އިންސާނީ ދުނިޔެއަށް ވަރަށް ބޮޑަށް ބަދަލު ގެނެސްފަ އެވެ. އިންސާނީ ތާރީޚުގެ ޤަދީމީ ފަތްފުށްތައް، ވީޑިއޯގެ ޒަރީޢާއިން އަދުގެ ޖީލަށް ދައްކައިލުމަށް އޭއައިގެ ފަންނިއްޔާތުން ވަނީ މަގުފަހިކޮށްދީފައެވެ.

ދިވެހި ފަންނާނުންގެ ތެރެއިން އެންމެ ފުޅާދާއިރާއެއްގައި އޭއައި ބޭނުންކޮށްގެން ކޮންޓެންޓް އުފައްދަމުން އަންނަ އަޙްމަަދުދީދީ (އަހަންމައިދީ) ނުވަތަ ޑީޑީ މިފަހަރު ދިވެހީންނަށް މި ދައްކުވައިދެނީ 1337 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ވެރިކަން ކުރެއްވި އައްސުލްޠާނާ ޚަދީޖާ ޝްރީ ރާދާ އަބާރަނަ މަހާ ރެހެންދި ޚަދީޖާގެ ހަޔާތްޕުޅުގެ ބައެއް ފަތްފުށްތަކެވެ. މި ފަތްފުށްތަކުގެ ތެރެއިން އިބްނު ބަޠޫޠާގެ ވާހަކަތައްވެސް ދައްކުވައިދީފައިވެއެވެ.

އެ ޒަމާނުގެ ދިވެހީންގެ ދިރިއުޅުމާ ވައްޓަފާޅި ފެނިގެންދާ މި ޑޮކިއުމެންޓްރީ އަކީ އަދުގެ ދިވެހި ޖީލަށް، ރެހެންދި ޚަދީޖާގެ ވާހަކަތައް ރައްދުކޮށްދިނުމަށް ރަނގަޅު ޑޮކިއުމެންޓެއްކަން ފާހަގަކޮށްލެވެއެވެ.

ޑީޑީ އުފައްދަމުން ގެންދާ އެކިއެކި ވީޑިއޯ ކޮންޓެންޓްގެ ތެރެއިން މީގެ ކުރިން ވަނީ ރާއްޖެ އިސްލާމްވި ވާހަކަ އަދި މުޙައްމަދު އަމީންދީދީގެ ވާހަކަވެސް ގެނެސްދީފައެވެ. މީގެ އިތުރުން ދިވެހި ލަވަތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ލަވަތަކެއް އަލުން އުފައްދައި ގެނެސްދެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top