2026 ޖެނުއަރީ 07 ވަނަ ދުވަހު އޮލިމްޕަހުގައި ދައްކަން ފަށާ ސީޒަންގެ ”ޕަރީ: ޗެޕްޓާ 1″ގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށައިފިއެވެ.

އެސް ޕްރޮޑަކްޝަންގެ ފަރާތުން ގެނެސްދޭ ”ޕަރީ“ ގެ މައިގަނޑު ވާހަކަ ދައްކުވައިދެނީ ސްރީ ލަންކާގައި ދިރިއުޅޭ ދިވެހި އާއިލާއަކަށް ކުރިމަތިވާ ބިރުވެރި ހާދިސާތަކެއްގެ މައްޗަށެވެ.

މި ފިލްމު ޕްރޮމޯޓްކުރުމަށް މިމަހު 19 އަދި 20 ވަނަ ދުވަހު ބާއްވަން ތާވަލުކުރި ’ޕަރީ ފެސްޓިވަލް’، މޫސުން ތަން ނުދިނުމުގެ ސަބަބުން އެހެން ތާރީޚަކަށް ފަސްކޮށްފައިވާކަމަށް ވެސް ”ޕަރީ“ގެ ޓީމުން ބުނެއެވެ.

ފިލްމުގެ މައިގަނޑު ކާސްޓުންގެ ތެރޭގައި ސީޒަން އާއެކު ރާއްޖޭގެ ފުންނާބު އުސް ތަރިން ކަމަށްވާ އައިޝަތު ރިޝްމީ، ޖުމައްޔިލް ނިމާލު، އަދި ޝީލާ ނަޖީބު ހިމެނެއެވެ. ހާއްސަ ގޮތެއްގައި ފިލްމުގެ ޓައިޓަލް ރޯލުން، ވަރަށް މުހިއްމު ކެރެކްޓާއެއްގައި ލަމްޝާ ކިޔާ ކުޑަ އަންހެން ކުއްޖެއް ފެނިގެންދާނެއެވެ.

އަތޮޅުތެރޭގެ ރަށްރަށުގައި ފިލްމު ”ޕަރީ“ ދައްކަން ބޭނުންވާ ފަރާތްތަކުން ނަންނޯޓްކުރުމުގެ ފުރުޞަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން ރެޖިސްޓްރީކޮށްލުމަށް 9331243 އަށް ގުޅުމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އެދެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.