ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕާކިސްތާން ޑްރާމާ “ޕެހެލީ ބާރިޝް” މިރޭ ފަށަނީ

ޕާކިސްތާން ޑްރާމާ ސީރީޒް “ޕެހެލީ ބާރިޝް” މިރޭ ދައްކަން ފަށާނެއެވެ.

އައިޖާޒް އަސްލަމް، ސާމިޔާ މުމްތާޒް، ޝަހްރޫޒް ސަބްޒްވާރީ އަދި ސަބޫރް ޢަލީ މައިގަނޑު ރޯލުތަކުން ފެނިގެންދާ މި ސީރީޒްގެ މުހިންމު ރޯލުތަކުން ފެންނަ އިތުރު ތަރިންގެ ތެރޭގައި ފާއިޒާ ޙަސަން، ހަޖްރާ ޔާމިން، ފަރްހާން ޢަލީ އާޣާ، އަދުނާން ޖަފަރް، ނަވީން ނަޤްވީ އަދި ރައީދު މުޙައްމަދު އަލަމް ފަދަ ތަރިން ހިމެނެއެވެ.

ލޯބީގެ އަސަރުގަދަ ވާހަކަތަކެއް ދައްކުވައިދޭ “ޕެހެލީ ބާރިޝް” އަކީ ޖަހަންޒީބް ޤަމަރްގެ ސްކްރީންޕްލޭއަކަށް ޝެހެރަޒާދޭ ޝެއިޚް ޑައިރެކްޓްކުރާ ސީރީޒެކެވެ. ޕްރޮޑިއުސް ކުރަނީ “ތޭރޭ ބިން”، “ޒަޚަމް” އަދި “މޭރޭ ހަމްނަޝީން” ފަދަ ހިތްގައިމު ސީރީޒްތަކެއް ގެނެސްދީފައިވާ ސެވެންތު ސްކައި އެންޓަޓެއިންމެންޓްގެ ކުޑައިގެ ދަށުން ޢަބްދުﷲ ކަދްވާނީ އާއި އަސަދު ޤުރޭޝީއެވެ.

ޕާކިސްތާން ޗެނަލް ޖީއީއޯ އެންޓަޓެއިންމެންޓުން މިރޭ ދައްކަން ފަށާ “ޕެހެލީ ބާރިޝް” ގެ އާ އެޕިސޯޑެއް ކޮންމެ ހުކުރު ދުވަހެއްގެ ރޭ ރާއްޖެ ގަޑިން 20:00 ގައި ދައްކަން ހަމަޖެހިފައިވާއިރު، ޖީއީއޯގެ ރަސްމީ ޔޫޓިއުބް ޗެނަލް ހަރް ޕަލް ޖީއީއޯ އިންވެސް މި ސީރީޒް ބަލައިލެވޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top