މިރޭ އޮލިމްޕަހަށް އަންނަ ދިވެހި ފިލްމު ލިލީ ފާހަގަ ވެގެން ގޮސްފައިވަނީ އަބަދު ވެސް ތަފާތު ކަންކަން ކުރާ ބައެއްގެ ގޮތުގައެވެ. އެގޮތުން މިފަަހަރު ވެސް ލިލީ އިން މިވަނީ އާ ކަމެއްކޮށްފައެއެވެ. އެއީ އީ-ޓިކެޓު ސިސްޓަމެކެވެ.
ލިލީ ޓީމުން ބުނީ ލިލީ އަށް އޮންލައިންކޮށް ޓިކެޓް ނެގޭނެ އިންތިޒާމެއްގެ އިތުރުން، މިހާރު ފިޒިކަލް ޓިކެޓް ނަގަން ނުޖެހޭނެ ކަމަށެވެ.
”އޮންލައިންކޮށް ބުކްކޮށްލީމަ ފޯނަށް ދާނެ އީ ޓިކެޓެއް، ޝޯއަށް ވަންނަމުން އެ ލިންކުގައި އިންނަ ކިއުއާރު ކޯޑު ސްކޭންކޮށްލީމަ ނިމުނީ!”
* ލިލީ ޓީމް
ލިލީގެ ރަސްމީ ވެބްސައިޓު www.book.lilythemovie.com އިން މިހާރު ހަތަރު ޝޯއެއްގެ ޓިކެޓު ބުކް ކުރަން ވަނީ ހުޅުވާލައިފަ އެވެ. ވެބްސައިޓުގެ އިތުރުން ފިލްމުގެ ހޮޓްލައިން 7505079 އިންވެސް ޓިކެޓު ބުކް ކުރެވޭނެ އެވެ.
އީ-ޓިކެޓްގެ އިތުރުން، ފިޒިކަލް ޓިކެޓް ބޭނުންފުޅުވާ ފަރާތްތަކުން އޮލިމްޕަސް ކައުންޓަރަށް ވަޑައިގަތުމުން އެ އިންތިޒާމު ހަމަޖެހޭނެ ކަމަށް ވެސް ލިލީ ޓީމުން ބުނެއެވެ.
އަޒްހާން އިބްރާހިމް ލިޔެ ޑައިރެކްޓު ކޮށްފައިވާ ”ލިލީ“ އަކީ މައިވަންތަކަމުގެ ލޯބިން މަހުރޫމު ވެފައިވާ އަންހެން ކުއްޖަކު ހެދިބޮޑުވަމުން އަންނައިރު ލިބޭ ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މީގެ އިތުރުން ފިލްމުގައި ވަނީ ދިވެހި މުޖުތަމައުގައި އާންމުކޮށް ހިނގާ ބައެއް ކުށްތަކުގެ މައްޗަށްވެސް އަލިއަޅުވާލައިފަ އެވެ.
މުހައްމަދު އަރީޙް ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގައި ލީޑު ތަރިންގެ ތެރޭގައި ހިމެނެނީ އައިޝާ އަލީ، އަހުމަދު ޝާރިފް، މުހައްމަދު އިޝްފާންގެ އިތުރުން މަރިޔަމް ޝިމާ އެވެ. މުހިންމު ތަރިންގެ ތެރޭގައި އަހުމަދު ނިމާލް، އަލީ ފާރޫގުގެ އިތުރުން މަރިޔަމް ހަލީމްވެސް ހިމެނެ އެވެ. މީގެ އިތުރުން އައިޝަތު އާރިފާ، ހަދީޖާ އަބްދުއް ރަހުމާން އަދި ކުޑަ ކުއްޖެއްގެ ރޯލުން އެލީޝާ ސަނީމްވެސް ފެނެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މާލިކް ޢަބްދުއްސައްތާރު އަކީ މުނިއަވަސްގެ ކްލަބްހައުސް އޮޕަރޭޓަރެއްގެ އިތުރުން ޕްރެޒެންޓަރެއް
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 21 ޑިސެމްބަރ 2025ޚަބަރުލިލީ އޮލިމްޕަހުގައި، އަނެއްކާވެސް ފޯރިގަދަވަނީ!
- 28 ނޮވެމްބަރ 2023ޚަބަރުވީޑިއޯ ޓޯކް ޝޯ ”ފަންނީ ވާހަކަ“ ފަށައިފި




