ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕާކިސްތާން ޑްރާމާ “ސަޒާވާރް” މިރޭ ފަށަނީ

ޕާކިސްތާން ޑްރާމާ “ސަޒާވާރް” މިރޭ ފަށާނެއެވެ.

ޚަޤާން ޝާހްނަވާޒް އާއި އަލިޝްބާ ޚާން ލީޑް ރޯލުން ފެނިގެންދާ “ސަޒާވާރް” ގެ މުހިންމު ރޯލުތަކުން ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި ބިސްމާ ބާބަރް، އާސިމް މަހްމޫދު، ސަލީމް ޝެއިޚް، ފަޒީލާ ޤާޒީ އަދި މަހަމް ނަޤްވީ ހިމެނެއެވެ.

ލޯބީގެ އަސަރުގަދަ ވާހަކަތަކެއް ކިޔައިދޭ “ސަޒާވާރް” އަކީ ސަމީނާ އިޖާޒްއާއި ވަޖީދާ މުއީންގެ ސްކްރީންޕްލޭ އަކަށް ފުރްޤާން އާދަމް ޑައިރެކްޓްކުރާ ސީރީޒެކެވެ. ފުރްޤާން އަކީ މިދިޔަ އަހަރު އަހަރު ޖީއީއޯ ޓީވީން ގެނެސްދިން “ޗާލް” އާއި މިއަހަރު ކުރީކޮޅު ހަމް ޓީވީއިން ގެނެސްދިން “ޖުޅްވާ” ގެނެސްދިން ޑައިރެކްޓަރެވެ. ސަމީނާގެ ސްކްރީންޕްލޭއަށް ތައްޔާރުކުރި މަޝްހޫރު ސީރީޒްތަކުގެ ތެރެއިން “ޒަޚަމް”، “އިޝްޤް ބޭޕަރްވާ” އަދި “އޭކް ލަފްޒް ޒިންދަގީ” ފާހަގަކޮށްލެވެއެވެ.

އައިޑްރީމް އެންޓަޓެއިންމެންޓުގެ ކުޑައިގެ ދަށުން ގެނެސްދޭ “ސަޒާވާރް” މިރޭ އޭއާރްވައި ޑިޖިޓަލް ޗެނަލްއިން ދައްކަން ފަށާއިރު ކޮންމެ ރެޔަކުވެސް އާ އެޕިސޯޑެއް ގެނެސްދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން ކޮންމެ ރެޔަކުވެސް ރާއްޖެ ގަޑިން 7:00 ގައި އާ އެޕިސޯޑެއް ގެނެސްދޭއިރު އޭއާރްވައި ޑިޖިޓަލްގެ ޔޫޓިއުބް ޗެނަލުންވެސް އެޕިސޯޑްތައް ބަލައިލެވޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top