ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު ޕްރަބާސްގެ ތެލުގޫ ފިލްމު ”ދަ ރާޖާސާބް“ ގެ ދެވަނަ ޓްރެއިލާ އާންމުކޮށްފިއެވެ.
ޕްރަބާސްގެ އިތުރުން ސަންޖޭ ދަތު، ބޮމަން އިރާނީ، ނިދީ އަގަރްވާލް، ރިއްދީ ކުމާރް، ޒަރީނާ ވައްހާބް އަދި ތެލުގޫ ފިލްމަކުން އަލަށް ފެންނަ މަލްވިކާ މޮހަނާން މައިގަނޑު ރޯލުތަކުން ފެންނަ ”ދަ ރާޖާސާބް“ އަކީ މަރޫތީ ލިޔެ ޑައިރެކްޓް ކުރާ ރޮމޭންޓިކް ހޮރޯ ކޮމެޑީއެކެވެ.
މި ފިލްމުގައި ކިޔައިދެނީ ފަސޭހަ ގޮތެއްގައި މުއްސަނދިވެ އަރާމު ދިރިއުޅުމެއް އުޅެން ބޭނުންވާ ޒުވާނެއްގެ ވާހަކައެވެ. މުއްސަނދިވުމަށްޓަކައި އޭނާގެ ކާފަގެ ދުވަސްވީ ބޮޑު ހަވޭލީއެއް ވިއްކާލުމަށް ނިންމައެވެ. އަދި އެކަމުގެ ތެރޭގައި އެ ހަވޭލީން ދިމާވާ ބިރުވެރި ކަންތައްތަކަކުން ސަލާމަތްވާން ކުރާ މަސައްކަތް މި ފިލްމުން ދައްކުވައިދޭނެއެވެ.
ޕްރަބާސްގެ އެހެން ފިލްމުތަކެކޭ އެއްފަދައިން ވަރުގަދަ ތަޅާފޮޅުމުގެ މަންޒަރުތަކެއް ޓްރެއިލާއިން ފެނިގެންދާއިރު ބިރުވެރިކަން ދެއްކުމަށްޓަކައި ވަރުގަދަ އަދި މޮޅު ވިޝުއަލް އިފެކްޓްތަކުގެ ސަބަބުން މި ފިލްމަށް އިތުރަށް ޝައުޤުވެރި ކުރުވައެވެ. ބޮޑު ބަޖެޓަކުން ތައްޔާރުކޮށް ތެލުގޫ ބަހުގެ އިތުރުން ހިންދީ، ކަންނާޑާ އަދި މަލަޔާލަމް ބަހުން ގެނެސްދޭ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ އަންނަ ޖެނުއަރީ މަހުގެ 9 ގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 ޑިސެމްބަރ 2025ޚަބަރުސަންޖޭ ލީލާ ބަންސާލީގެ ”ލަވް އެންޑް ވޯރ“ ގެ ޝޫޓިން އަނެއްކާވެސް ލަސްވެއްޖެ
- 30 ޑިސެމްބަރ 2025ޚަބަރުޕްރަބާސްގެ ”ދަ ރާޖާސާބް“ ގެ ދެވަނަ ޓްރެއިލާ ވަރަށް ޝައުޤުވެރި
- 30 ޑިސެމްބަރ 2025ޚަބަރުއަނެއްކާވެސް ރަންވީރާއި އާލިއާ އެކުގައި
- 30 ޑިސެމްބަރ 2025ޚަބަރުބޮލީވުޑުން ހަދާ އެންމެ ބޮޑު ގޯހަކީ އަމިއްލަ ސަގާފަތް ދޫކޮށްލުން: ޝޭކަރް ކަޕޫރް




