ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މިރޭ އޮލިމްޕަހަށް “ޕަރީ” އަންނާނެ!

މިފަހުން އެންމެ ކޮލިޓީ ދިވެހި ބިރުވެރި ފިލްމަށް ވެގެންދާނެ ކަމަށް ބެލެވޭ ދިވެހި ފިލްމު “ޕަރީ” މިރޭ (07 ޖެނުއަރީ 2025 ވަނަ ދުވަހުގެ ރޭ) އޮލިމްޕަހުގައި ޕްރިމިއާކުރާނެ އެވެ. އަލީ ސީޒަން ޑައިރެކްޓްކޮށްފައިވާ ބިރުވެރި ފިލްމު “ޕަރީ: ޗެޕްޓަރ 1″ގެ ޕްރިމިއާ ޝޯގައި ބޮލީވުޑްގެ ފަންނާނު ސުރުޖާސިކާ ދާސް ވެސް ބައިވެރިވާނެއެވެ.

ޕްރިމިއާގައި ބައިވެރިވުމަށް މިމަހު 06 ވަނަ ދުވަހުގެ ވަގުތެއްގައި ސުރުޖާސިކާ ދާސް ރާއްޖެއަށް އައިފައިވެއެވެ. އޭނާއަށް މަރުހަބާ ކިޔުމަށް ފިލްމުގެ ކާސްޓުންނާއި ކްރޫއިން އެއާޕޯޓަށް ދިޔައެވެ.

ސްރީލަންކާގެ ހިތްގައިމު އަދި ނާމާން މާހައުލުތަކުގައި ޝޫޓްކޮށްފައިވާ ފިލްމު “ޕަރީ: ޗެޕްޓަރ 1” މިއީ ދިވެހި ސިނަމާގެ ތަޖުރިބާ މުޅިން އެހެން ހަރުފަތަކަށް ގެންދާނެ ފިލްމެކެވެ.

އަހުމަދު އަހުސަން އާއި އަލީ ސީޒަން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމް ވެގެންދާނީ ފަހުގެ ތާރީހުގައި ދިވެހި ސިނަމާ އަށް، ބެލުންތެރިންނާއި ހަމައަށް ގެނެސްދޭ އެންމެ ތަފާތު ބޮޑު ބިރުވެރި ފިލްމަށް ކަމަށް ފިލްމުގެ ޑައިރެކްޓަރ ސީޒަން ބުނެއެވެ.

އެސް ޕްރޮޑަކްޝަންގެ ފަރާތުން ގެނެސްދޭ “ޕަރީ” ގެ މައިގަނޑު ވާހަކަ ދައްކުވައިދެނީ ސްރީ ލަންކާގައި ދިރިއުޅޭ ދިވެހި އާއިލާއަކަށް ކުރިމަތިވާ ބިރުވެރި ހާދިސާތަކެއްގެ މައްޗަށެވެ.

ފިލްމުގެ މައިގަނޑު ކާސްޓުންގެ ތެރޭގައި ސީޒަން އާއެކު ރާއްޖޭގެ ފުންނާބު އުސް ތަރިން ކަމަށްވާ އައިޝަތު ރިޝްމީ، ޖުމައްޔިލް ނިމާލު، އަދި ޝީލާ ނަޖީބު ހިމެނެއެވެ. ހާއްސަ ގޮތެއްގައި ފިލްމުގެ ޓައިޓަލް ރޯލުން، ވަރަށް މުހިއްމު ކެރެކްޓާއެއްގައި ލަމްޝާ ކިޔާ ކުޑަ އަންހެން ކުއްޖެއް ފެނިގެންދާނެއެވެ.

ޕަރީގެ ޓީމުން މައުލޫމާތުދިން ގޮތުގައި މި ފިލްމުގެ ސަބްޓައިޓަލް ވެސް އިނގިރޭސި ބަހުން ގެނެސްދޭނެ އެވެ.

އޮލިމްޕަހުގެ ޓިކެޓް ކައުންޓަރ ނަންބަރު 9331242 އިން ޓިކެޓް ލިބެން ހުންނަ ދުވަސްތަކުގެ ފަހުގެ މައުލޫމާތު ލިބޭނެ ކަމަށާއި، މިފިލްމު އަތޮޅު ތެރޭގެ ރަށްރަށުގައި ސްކްރީން ކުރަން ބޭނުންވާ ފަރާތްތަކުން 9331243 އަށް ގުޅުއްވުމަށް ޕަރީގެ ޓީމުން ވަނީ އެދިފަ އެވެ.

1
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top