ދިވެހި ސިނަމާ އަޅުގަނޑުމެންގެ އައްސޭރިފަށުން ބޭރަށް ގެންދިއުމުގައި ވަރުބަލިކަމެއްނެތި، ފަރުދާގެ ފަހަތުގައި މަސައްކަތް ކުރަމުން އަންނަ މުޙައްމަދު ރަޝީދަށް ޚާއްޞަ ޝުކުރެއް!”
ފޭސްބްްކްް އެކައުންޓަގައި ބްްލޮގް ސްޓައިލަށް ބައެއް ކަންކަމާ ހާާލަތްްތަކުގައި ލިޔަމުންް އަންނަަ ރާއްޖޭގެ މަޝްހޫރު ސްކްްރީން ރައިޓަރ މަަހުދީ އަޙްމަދު އޭނާގެ ފޭސްބްްކް ތެރެއަށް ނިމި ދިޔަ ޑިސެމްްބަރު 28 ވަނަ ދުވަހު ދޫކޮށްލާާފައިވާ މެސެޖަކީ ހަމަ ޙަޤީޤަތުގައިވެސް ފާހަގަކޮށްލަން ޖެހޭ މުހިންމު ކަމެއްގެ ވާހައެކެވެ.

ފަސްވަނަ ކަަރްްނާޓަކާ ފިލްމު ފެސްޓިވަލްްގަައި މުޙައްމަދު ރަޝީދު – ފޮޓޯ އެމްއެސްޕީއޭ
މަަހުދީގެ ޕޯސްޓްގައި އިޝާރާތްކޮށްފައިވާހެން ފަސްވަނަ ކަަރްނާާޓަކާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްްގައި ހަމަ އެކަނި ދިވެހި ފިލްމުތަކެއް ހުށައަޅައިލީކީ ނޫނެވެ. އެ ފިލްމުތައް ވަނީ ފެސްޓިވަލްގައި ބައިވެރިވި އެންމެންނާއި އަދި ޖަޖުންްގެ ޕެނަލަށްވެސް ވަރަށް ބޮޑަށް ފާާހަގަކުރެވިފައެވެ. ދިވެހި ފިލްމު “ކަމަނާ” އަށް ބެސްޓް ޑައިރެކްޓަރ އެވޯޑް، ބެސްޓް އެކްޓަރ އެވޯޑް އަދި ބެސްޓް އެކްްޓްރެސް އެވޯޑް ލިބުމަކީ އެންމެނަށް ލިބުނު ފަޚުރުވެރި ހިނދުކޮޅެއްކަން މަހުދީ ފާހަގަކޮށްފައިވެެއެވެ.
މަހުދީގެ ޕޯސްޓްގައި އިތުރަށް ބުނެފައިވަނީ މޯލްްޑިވްސް ސޮސައިޓީ ފޯރ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ) އަށް ތަޢުރީފު ހައްގުވާ ކަމަށާ އެމީހުންނަކީ ހުރިހާ މާނައެއްގައި ވެސް ހަގީގީ ގޭމް ޗޭންޖަރުން ކަމަށެވެ.
ފިލްމު އުފައްދާ ފަރާތްތަކަށް އެހީތެރިވުމުގެ ތަސައްވުރެއްގެ ގޮތުގައި ފެށި ކަންތައް ވަނީ ދިވެހީންްގެ ވާހަކަތައް ބައިނަލްއަގްވާމީ ޕްލެޓްފޯމްތަކާ ގުޅުވައިދޭ ވަރުގަދަ ފާލަމަކަށް ވެފަ.”
ދިވެހި ފިލްމީ ދާާއިރާއަށް އެމްއެސްޕީއޭގެ ފައުންޑަރ އަދި ޗެއާޕާސަން މުޙައްމަދު ރަޝީދު (ދަރާާ ރަޝީދު)ގެެ ހުންނަ ޝައުޤުވެރިކަން ހަމައެކަނި އިންތިހާއަށް ބޮޑީ ނޫންކަމަށާ އެއީ ހުއްޓުމެއް ނެތި ކުރިއަށްދާ ކަމެއްކަމަށް ވާތީ ތަފާތު ދައްކުވައިދެމުން އަންްނަކަމަށްވެސް މަހުދީ ބުނެއެވެ.
ދޮރުތައް ހުޅުވައިދިނުން، ފުރުޞަތުތައް ފަހިކޮށްދިނުމާ އަދި ވެދާނެކަމަށް ޤަބޫލުކުރާ ޤަބޫލުކުރުމުގެ ސަބަބުން ދިވެހި ފިލްމު އުފައްދާ ފަރާތްތަކުން ފުރިހަމަ ޔަޤީންކަމާއެކު ބައިނަލްްއަޤްވާާމީ ސްޓޭޖްތަކުގައި މީގެ ކުރިން ފައިތިލަ ސާބިތުކުރުމަށް ހުޅުވިފައި ނެތް ފުރުޞަތުތައް ފަހިކޮށްދިނުމަށް މިއަދު އެމްއެސްޕީއޭ އިން އެހީތެރިވެދީފި.”
އަޅުގަނޑުމެން ފަދަ ކުދި ޖަޒީރާ ޤައުމަކަށް މިފަދަ ކާމިޔާާބީތައް ލިބުމަކީ ކުޑަކަމެއް ނޫން ކަމަށާ މިއީ ފަޚުރުވެރިވުމާ އުއްމީދު ގެނެސްދޭ ހިނދުކޮޅެއްކަމަށް ސިފަކުރަމުން މަހުދީ ބުނީ މުޙައްމަދު ރަޝީދު، އެމްއެސްޕީއޭ އަދި ރާއްޖޭގެ ފިލްމީ ދާއިރާއަށް ކާމިޔާބީ ދެމިއޮތުމަށް އެދޭ ކަމަށެވެ. އަދި އިތުރު އެތައް ދިދަތަކެއް އުފުލިގެން ދިއުމަށް (އެތަކެއް ކާމިޔާާތަކެއް ލިބުމަށް) އެދޭކަމަށްވެސް ބުުނެެފައިވެއެވެ.
