ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“އަރަފްޓާ – ބައުންޑް ބައި ފޭޓް” : މީހުންގެ ހިތްތައް ދަމައިގަންނަ ސީރީޒްއެއް!

ގިނަ ބައެއްގެ ސަމާލުކަން ލިބެމުންދާ ތުރުކީ ޑްރާމާއެއް ކަމަށްވާ “އަރަފްޓާ” އަކީ މިހާރު ދުުނިޔޭގެ އެކި ހިސާބުތަކުގައި އެންމެ މަޤުބޫލު ޑްރާމާތަކުގެ ތެރެއިން އެއް ޑްރާމާއެވެ.

މި ސީރީޒްގައި މީހުން ޝައުޤުވެރިވާ ކަހަލަ ވާހަކައާއި އަސަރުގަދަ ޖަޒުބާތުތައް ހިމެނެއެވެ. ހަމަ އެއާއެކު އިންސާނާގެ ތަޤުދީރާ ގުޅޭ ގޮތަށް ގެނެސްދީފައިވާ ފުން މާނަތަކުގެ ސަބަބުން ދުނިޔޭގެ އެތައް ބަޔަކު މި ޑްރާމާއަށް ލޯބިކުރެއެވެ.

މި ޑްރާމާ ދައްކަމުންދަނީ “އަރަފްޓާ – ޓާރކް ޑިޒިލެރީ” ގެ ރަސްމީ ޔޫޓިއުބް ޗެނަލްގައެވެ. މި ސިލްސިލާގެ އަސްލު ބަސް ކަމަށްވާ ތުރުކީ ބަހާއި އިނގިރޭސި އަދި އެނޫން ބަސްބަހުގެ ސަބްޓައިޓްލް އާއެކު ބަލާލުމުގެ ފުރުސަތު ބެލުންތެރިންނަށް ލިބިގެން ދެއެވެ.

21 ނޮވެންބަރ 2025 ގައި ޕްރިމިއަރ ކުރި މި ޝޯއަށް ވަނީ ގިނަބައެއްގެ ސަމާލުކަން ލިބިފައެވެ. މިހާތަނަށް 25 މިލިއަނަށްވުރެ ގިނަ ވިއުސް މި ޝޯއަށް ލިބިފައިވެއެވެ. އަދި ކޮންމެ އާ އެޕިސޯޑަކަށް ބެލުންތެރިން ކުރަމުން އަންނަ އިންތިޒާރުވެސް ކުޑައެއް ނޫންކަން ޔަޤީނެވެ.

ކޮންމެ ހަފްތާއެއްގެ ހޯމަ އަދި ހުކުރުދުވަހުގެ ރޭ ދައްކާ ދެ އެޕިސޯޑުގެ ސަބަބުން މި ސީރީޒް ބަލައިލުމުގެ ޝައުޤުވެރިކަމަށް އެއްވެސް ބަދަލެއް ނާދެއެވެ. ހަމައެއާއެކު މި ސީރީޒް ޔޫޓިއުބުން ދައްކަނީ ތުރުކީ ގަޑިން 19:00 ގައެވެ. އެއީ ރާއްޖޭގަޑިން 21:00 އެވެ. އަދި ކޮންމެ އެޕިސޯޑެއް ދެގަޑިއިރަށް ވުރެ ގިނައިރަށް ދެމިގެން ދެއެވެ.

މި ޑްރާމާގެ މައިގަނޑު ވާހަކަ ބިނާވެފައިވަނީ އެމިން ގުނެންކް އަދި އިލްސޫ ޑެމިކްރީގެ މޮޅު އެކްޓިން ފެނިގެންދާ އާޓޭޝް ކަރަހާން އާއި މާޗެން ޔިލްޑްރިމްގެ ރޯލުންނެވެ. މި ޝޯގެ އިތުރު ކާސްޓަށް ބަލާލާއިރު ކާން އަރްކަޓު، އެޒްގީ ދަލްގިޗް، އިރޯން ޔަވާންގެ އިތުރުންވެސް ގިނަ ކާސްޓުން ތަކެއް ފެނިގެން ދެއެވެ.

“އަރަފްޓާ” އިން ފެނިގެން ދަނީ ބަދަލުހިފުމުގެ އަލިފާން ގަނޑުގައި އުފެދިފައިވާ ލޯބީގެ ވާހަކައެވެ.

ކުޑައިރު ލިބިފައިވާ ޒަޚަމްތަކުގެ ސަބަބުން، ރުޅިވެރިކަމުގެ ތެރެއަށް ވަދެފައިވާ އާޓޭޝް އެނބުރި އަންނަނީ މީގެ އަހަރުތަކެއް ކުރިން އޭނާގެ ދިރިއުޅުން ސުންނާފަތިކޮށްލި މާޗޭންގެ އާއިލާ ހަލާކު ކޮށްލުމަށެވެ. ބަދަލުހިފުމުގެ ގޮތުން ‘187 ދުވަސް’ މި ޝަރުޠުގެ ދަށުން މާޗޭން އާއި ކައިވެނި ކޮށްގެން އުޅުމެވެ.

ލޯބީގެ ސަލާމަތާއި ތަޤުދީރުގެ އަނިޔާވެރިކަމުގެ ދޭތެރޭ މެދުގައި އޮތް “އަރަފްޓާ” ނުވަތަ މަގަކީ ކޮންމެވެސް އެއްގޮތެއްގައި އަލިފާން ގަނޑުފެނަށް ބަދަލުވެގެން ދާނެ ގޮތް ދައްކުވައިދޭ ސީރީޒްއެކެވެ. “ އޯލްވޭސް އެކްސްޕެކްޓް ދަ އަންއެކްސްޕެކްޓެޑޭ” ބުނާ އުސޫލުން މިީގައިވެސް ފެނިގެންދަނީ އާދަޔާޚިލާފު ކަންތައްތަކެވެ. މި ސީރީގައި ވަނީ ޖުމްލަ 100 އެޕިސޯޑެވެ.

އަމިއްލަ ތަޒުރިބާ ނުވަތަ މި ޑްރާމާ އާމެދު އަޅުގަނޑު ދެކޭ ގޮތް

އަހަންނަކީ ތަފާތު ޕްލޮޓު ތަކަށް ޝައުގުވެރިކަން ހުންނަ މީހެކެވެ. މިސާލަކަށް އެނެމީސް ޓު ލަވަރސް ނުވަތަ އޭޖް ގެޕް ސްޓޯރީސް އަހަންނަށް ވަރަށް ކަމުދެއެވެ. ހަމަ އެގޮތަށް އަހަންނަށް “އަރަފްޓާ” ބަލަން ފެށުނީވެސް ކުރިން ބުނެވިދިޔަ ކެޓަގަރީއަށް ފިޓުވާތީއެވެ. މިހާތަނަށް 15 އެޕިސޯޑު ބެލުނުއިރު އަހަންނަށް މި ސީރީޒް ރޭޓްކުރެވޭނީ 10/10 އެވެ. ސަބަބަކީ ހަމަ އެންމެ ސަބަބެކެވެ. މި ސީރީޒްގެ ވަރުގަދަ ޕްރޮޓެވެ.

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top