ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ގްރީން އެންޓަޓެއިންމެންޓުން ދެން ކިޔައިދޭނީ މަންމައެއްގެ ވާހަކަ

ޕާކިސްތާން ޑްރާމާ “މާ” ފަށަން ތައްޔާރުވެއްޖެއެވެ.

އައިނާ އާސިފް އާއި އަޙްމަދު ރަފީޤް އިސް ރޯލުތައް ކުޅެފައިވާ “މާ” ގެ މައިގަނޑު ރޯލުތަކުން ފެންނަ އިތުރު ތަރިންގެ ތެރޭގައި ހާރިސް ވަހީދު، ސުނީތާ މާޝަލް، ޢަލީ ޚާން، ސާދު ޒަމީރް ފަރީދީ އަދި ސައްޔަދު މުޙައްމަދު އަޙްމަދު ފަދަ ތަރިން ހިމެނެއެވެ.

ދަރިންނަށްޓަކައި މައެއްގެ ހިތުގައި އޮންނަ ފުން ލޯބި އޭގެ އެންމެ ފުނަށް ދައްކުވައިދޭނެ މި ޑްރާމާއަކީ ޔަމްނާ އަޙްމަދުގެ ވާހަކައަކަށް ޢަލީ ފަރްހާން އަންޗަން ޑައިރެކްޓްކޮށްފައިވާ އާއިލީ ޑްރާމާއެކެވެ. މި ޑްރާމާ ޕްރޮޑިއުސްކުރީ ބައްބަރް ޖާވިދުގެ ބީޖޭ ޕްރޮޑަކްޝަނުންނެވެ.

މި ހިނގާ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގެ ރޭ ޕާކިސްތާން ޗެނަލް ގްރީން އެންޓަޓެއިންމެންޓް އިން ދައްކަން ފަށާ “މާ” ގެ އެޕިސޯޑްތައް ދައްކަން ނިންމާފައިވަނީ ހޮނިހިރު އަދި އާދިއްތަ ފިޔަވައި ކޮންމެ ދުވަހެއްގެ ރޭ 21:00 ގައެވެ. މީގެ އިތުރުން ގްރީން އެންޓަޓެއިންމެންޓްގެ ރަސްމީ ޔޫޓިއުބް ޗެނަލުންވެސް މި ޑްރާމާގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top