ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ހެލްތާއި ޕޮލިސް މޮޅުވެއްޖެ
ފޮޓޯ: ފޮޓޯ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އިންޓަރ އޮފީސް ވޮލީބޯލް ޗެންޕިއަންޝިޕް ވިމެންސް ޑިވިސަންގެ ތިންވަނަ މެޗުން މިނިސްޓްރީ އޮފް ހެލްތު އަދި ހަތަރުވަނަ މެޗުން މޯލްޑިވްސް ޕޮލިސް ސާވިސް މޮޅުވެއްޖެއެވެ.

ތިންވަނަ މެޗުގައި ފެނަކަ ކޯޕަރޭސަން ލިމިޓެޑް އާއި މިނިސްޓްރީ އޮފް ހެލްތު ވާދަކޮށް މިނިސްޓްރީ އޮފް ހެލްތު މެޗް ކާމިޔާބުކުރީ 3 ސެޓް 1 ސެޓުންނެވެ. މިމެޗްގެ ސެޓްތައް ހެލްތުން ހޯދީ 25-15 ، 15-11 ، 29-27 އިންނެވެ.

މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ މިނިސްޓްރީ އޮފް ހެލްތުގެ ޖޯޒީ ނަންބަރު 10 އައިޝަތު ޒުނީތާއެވެ.

މުބާރާތުގެ ހަތަރުވަނަމެޗްގަ ވާދަކުރީ ފުރަތަމަމެޗުން މޮޅުވި މޯލްޑިވްސް އިމިގްރޭޝަން އާއި ދެވަނަ މެޗުން މޮޅުވި މޯލްޑިވްސް ޕޮލިސް ސާވިސް އެވެ. މިމެޗް ސީދާ ތިންސެޓުން މޯލްޑިވްސް ސާވިސް ކާމިޔާބުކުރިއިރު، ސެޓްތައް ގެންގޮސްފައިވަނީ 16-25 ‘ 18-25 އަދި 21-25 އިންނެވެ.

މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ މޯލްޑިވްސް ޕޮލިސްސާވިސްގެ ޖޯޒީ ނަންބަރު 13 ހައިފާ އިމާދު އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top