ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ތުހުމަތާއެކު ޝަހީދު ލެގަސީ ޓޫއޮފްއަސްއިން ވަކިވެއްޖެ
ބެޓްލް އޮފް ބޭންޑްސްގައި ޓޫ އޮފް އަސްގެ ހުށައެޅުމެއްގައި ޝަހީދު (މެދުގައި) - ފޮޓޯ: ޓޫ އޮފް އަސް

ޓްރާންސްޕޭރެންޓްކޮށް ފައިސާގެ ކަންކަން ނުބެލެހެއްޓުމުގެ އިތުރަށް މިއުޒިކީ ދާއިރާގައި ހޭދަކުރި 25 އަހަރުތެރޭ ހޯދާފައިވާ ތަޖުރިބާއާ ހުނަރަށް އެއްވެސް ގަދަރެއް ވެސް ނުކުރާ ކަމުގެ ތުހުމަތާއެކު، މަޝްހޫރު ގިޓަރިސްޓު އަހްމަދު ޝަހީދު (ޝަހީދު ލެގަސީ) “ޓޫ އޮފް އަސް” ބޭންޑުން ވަކިވެއްޖެއެވެ.

ޓޫ އޮފް އަސް އިން ވަކިވިކަން ހާމަކުރުމަށް ޝަހީދު ނެރުނު ބަޔާނުގައި ބުނީ އެ ނިންމުމަކީ ވަރަށް ބޮޑަށް ވިސްނުމަށްފަހު، ނިންމި އުނދަގޫ ނިންމުމެއް ކަމަށެވެ. ނަމަވެސް އެފަދަ ނިންމުމެއް ނިންމާއިރު ވަކިން ޚާއްސަކޮށް މިއުޒިކް ކޮމިއުނިޓީގައި ހުރި މައްސަލަތައް ސަޕޯޓަރުންނާއި ފޭނުންނަށް އެނގެން ޖެހޭ ކަމަށް ޝަހީދު ބުނެފައިވެއެވެ.

ޝަހީދުގެ ބަޔާނުގައި ބުނެފައި ވަނީ އޭނާ އެ ބޭންޑުން ވަކިވީ އިތުރު އެހެން ގޮތެއް ނެތިގެން ކަމަށެވެ.

ޝަހީދުގެ ބަޔާނުގައި ފާހަގަކުރީ މާލީ ގޮތުން ދެފުށް ފެންނަ ގޮތަކަށް “ޓޫ އޮފް އަސް”ގައި ފައިސާގެ ކަންކަން ބަލަހައްޓާފައި ނެތްކަމަށެވެ. މީގެ އިތުރުން، އެއްބަސްވެފައިވާ ގޮތަށް އުޖޫރަ ނުލިބުމުގެ ސަބަބުން ބޭންޑުން ވަކިވީ ކަމަށް ވެސް އޭނާ ބުންޏެވެ.

“ޓޫ އޮފް އަސް”ގައި މަސައްކަތްކުރި ހުނަރުވެރި، ޒުވާން ފަންނާނު އަދުހަމް ވެސް މީގެ ދުވަސްކޮޅެއް ކުރިން ވަނީ އެ ބޭންޑާ ވަކިވެފައެވެ.

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top