ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ތިމާއަށް ލިބިފައިވާ އިލްމާއި ހުނަރު އެހެން މީހުންނަށް އުނގަންނައިދިނުމުގެ ފައިދާތައް

ކޮންމެވެސް މިންވަރަކަށް ވީޑިއޯ އެޑިޓްކުރުމުގައި އުޅެވޭތީ އަހަންނަށް އެނގިފައި ހުރި ހުނަރެއް ބަޔަކަށް ހިލޭޭސާބަހަށް ދަސްކޮށްދޭ ވާހަކަ އަހަރެންގެ ރައްޓެއްސެއް ގާތުގައި ބުނުމުން އޭނާ އަހަންނަށް ބުންޏެވެ.

އައްމަޑޭ ތީތި ކަޑަައޭ….! ކީއްކުރަންް ހަމަ ހިލޭޭސާބަހަށް ވީޑިއޯ އެޑިޓްކުރަން އެހެންް ބަޔަކަށް ތި ދަސްކޮށްދެނީކީ؟ ދެން ހަމަ އައްމަޑޭއަށް ލިބޭ ވީޑިއޯ ޕްރޮޖެކްޓްތައް ދޯ މަދުވާނީ ތިހެން ހެދީމަ؟”

މި ވާހަކަތަކަށް އަހަރެން ރައްދެއް ނުދެމެވެ. ސަބަބަކީ އަހަރެން ވިސްނާ ގޮތަށް އަހަރެންގެ ރަހުމަތްތެރިޔާ ނުވިސްނާކަން އެނގޭއިރު އެކަމަށް އިތުރު ވާހަކަތަކެއް ދެއްކުމުގެ ބޭޭނުމެއް އޮތްކަމަށް އަހަންނަށް ގަބޫލެއް ނުކުރެވެއެވެ.

އަހަރެން ދެކޭ ގޮތުގައި އަހަންނަށް ލިބިފައިވާ އިލްމަކާާއި ހުނަރެއް އެހެން މީހަކަށް ދަސްކޮށްދިނުމަކީ، މާތްﷲގެ އިރާދަފުޅާ މިންވަރުފުޅުން އަހަންނަށް ‘ސަވާބުގެ އުޖޫރަ’ ލިބޭނެ ކަމެކެވެ. އަހަރެންގެ އަތުން ބީވެގެންދާނެ ހަމަ އެކައްޗެއްވެސް ނޯންނާާނެއެވެ. އަހަންްނަށް ލިބެން ހުރި ރިޒުގެއް އަހަންނަށް ދެއްވާނީވެސް މާތްﷲ އެވެ.

މިއަދު އަހަރެންގެ އަތުގެ އިނގިތައް، ކީބޯޑުގައި މި ހިންގައިލަނީ “ތިމާއަށް ލިބިފައިވާ އިލްމާއި ހުނަރު އެހެން މީހުންނަށް އުނގަންނައިދިނުމުގެ ފައިދާތައް” މި މަޢުޟޫއަށެވެ.

އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ އެމީހެއްގެ ކިބައިގައި ހުންނަ ބޭނުންތެރި ޢިލްމާއި ހުނަރެވެ. އިލްމަކީ އުނގެނޭ ވަރަކަށް އިތުރުވާ އެއްޗެއް ފަދައިން، އެހެން މީހުންނަށް އުނގަންނައިދިނުމަކީ ވެސް އަމިއްލަ ނަފްސަށާއި މުޖުތަމައަށް އޭގެ އެތައް ފައިދާތަކެއް ކުރާ ކަމެކެވެ. މިއީ ހަމައެކަނި އެހެން މީހުންނަށް ކޮށްދެވޭ ހެޔޮކަމެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ އަމިއްލަ ކުރިއެރުމާއި ތަރައްޤީއަށްޓަކައި ވެސް ކުރެވޭ މުހިންމު މަސައްކަތެކެވެ.

އަމިއްލަ އިލްމު އިތުރަށް ހަރުދަނާވުން

ތިމާއަށް ލިބިފައިވާ އިލްމު އެހެން މީހުންނަށް ދަސްކޮށްދިނުމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ފައިދާއަކީ، އެކަމުގެ ސަބަބުން ތިމާގެ އަމިއްލަ އިލްމު އިތުރަށް ހަރުދަނާވެ، އޭގެ ފުންމިނަށް ވާސިލުވުމަށް މަގުފަހިވުމެވެ. އުނގަންނައިދިނުމުގެ ތެރޭގައި އޮޅުންބޮޅުން ބޮޑު މައުޟޫއުތައް ސާދާކޮށް ކިޔައިދޭން ޖެހުމުން، އެ މައުޟޫއަކާ މެދު އަމިއްލަ ނަފްސުގައި ހުރި ނޭނގޭ ކަންކަމާއި ހުރަސްތައް ދެނެގަނެވި، އިލްމު އިތުރަށް ފުރިހަމަވެގެންދެއެވެ.

މުއާމަލާތްކުރުމުގެ ހުނަރުތައް ތަރައްޤީވުން

މީގެ އިތުރުން، މުއާމަލާތްކުރުމުގެ ހުނަރުތައް ތަރައްޤީވުމަކީ ވެސް މީގެ މުހިންމު ނަތީޖާއެކެވެ. ކިޔަވައިދޭ މީހަކީ އެކި މިޒާޖުގެ އަދި އެކި ފެންވަރުގެ މީހުންނާ މުއާމަލާތްކުރަން ޖެހޭ މީހެކެވެ. މިކަމުގެ ސަބަބުން، އަމިއްލަ ޚިޔާލުތައް ސާފުކޮށް ބަޔާންކޮށްދިނުމުގެ ގާބިލުކަން އިތުރުވެ، މީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު މީހާގެ ކިބައިގައި އަށަގަނެއެވެ. މިއީ މިއަދުގެ ވަޒީފާގެ ބާޒާރުގައި ވެސް ނުހަނު އަގުބޮޑު ސިފަތަކެކެވެ.

ވަޒީފާގައި ކުރިއެރުމުގެ ފުރުސަތުތައް ބޮޑު

ވަޒީފާގެ މައިދާނަށް ބަލާއިރު، އެހެން މީހުންނަށް ދަސްކޮށްދިނުމުގެ ގާބިލުކަން ހުންނަ މީހުންނަށް ކުރިއެރުމުގެ ފުރުސަތުތައް ބޮޑެވެ. ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް، ދަށުގައި ތިބޭ މުވައްޒަފުންނަށް ކަންކަން ދަސްކޮށްދިނުމަކީ ލީޑަރޝިޕް ނުވަތަ އިސްނެގުމުގެ ސިފައެކެވެ. މިފަދަ ހުނަރުތަކުގެ ސަބަބުން ވަޒީފާގައި ކުރިއެރުން ލިބި، އިތުބާރު ހުރި މީހެއްގެ ގޮތުގައި ފާހަގަވެގެންދެއެވެ.

އުނގެނުމަށް ލޯބިކުރާ އެކުވެރި މާހައުލެއް ބިނާކުރެވޭ

މީގެ އިތުރުން، އުނގެނުމަށް ލޯބިކުރާ އެކުވެރި މާހައުލެއް ބިނާކުރުމަށް ވެސް މީގެ ސަބަބުން ބާރުލިބެއެވެ. އެކަކު އަނެކަކަށް އެނގޭ އެއްޗެއް ހިއްސާކުރުމުން، އެންމެން ގުޅިގެން ކުރިއަށްދާނެ މަގުތައް ފަހިވެ، އެކަކު އަނެކަކަށް އެހީތެރިވުމުގެ ރޫހު އާލާވެއެވެ. މިފަދަ މާހައުލެއްގައި އައު އީޖާދުތަކާއި އުފެއްދުންތެރި ޚިޔާލުތައް އުފެދުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. މުޅި މުޖުތަމައަށް ބަލާއިރު، އިލްމު ހިއްސާކުރުމަކީ މުޖުތަމައުގެ ހޭލުންތެރިކަން އިތުރުވެ، އެކި މައްސަލަތަކަށް ހައްލު ހޯދުމުގައި އެންމެންގެ ބައިވެރިވުން އިތުރުވާ ކަމެކެވެ.

އުނގަންނައިދިނުމަކީ ދެކޮޅަށްވެެސް ފައިދާލިބޭ ކަމެއް

އެހެން މީހުންނަށް އުނގަންނައިދިނުމަކީ ހަމައެކަނި އެއްކޮޅުން ދެވޭ އެހީތެރިކަމެއް ނޫނެވެ. އެއީ ދަސްކޮށްދޭ މީހާއާއި ދަސްކުރާ މީހާ ވެސް ކުރިއެރުމުގެ އައު އުސްމިންތަކަކަށް ގެންގޮސްދޭ، ދެފަރާތަށް ވެސް ނުހަނު ބޮޑެތި ފައިދާތަކެއް ލިބިދޭ މުޤައްދަސް އަމަލެކެވެ. އަމިއްލަ ހުނަރާއި އިލްމު އެހެން މީހުންނަށް ހިއްސާކުރުމުން، އަމިއްލަ ނަފްސަށް ލިބޭ ހިތްހަމަޖެހުމާއި، މުޖުތަމައަށް ކުރާ ފައިދާއަކީ އަގުނުކުރެވޭނެ ފަދަ މަތިވެރި ނިޢުމަތްތަކެކެވެ.

2
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top