ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އިންޑިއާގެ ބޮކްސް އޮފީހުގައި “އެވެޓާ – ފަޔަރ އެންޑް އޭޝް” އަށް ބޮޑު އާއްމުދަނީއެއް
'އެވަޓާ: ފަޔަރ އެންޑް އޭޝް' - ފޯޓޯ: ޓްވެންޓިއަތު ސެންޗަރީ ސްޓޫޑިއޯސް

ޖޭމްސް ކެމެރަންގެ ‘އެވެޓާ: ފަޔަރ އެންޑް އޭޝް’ ގެ 5 ވަނަ ހަފްތާ ބަންދު ނިންމާލީ 3.75 ކްރޯޑް ރުޕީސް ހޯދައިގެންނެވެ. ލަފާކުރެވޭ ގޮތުގައި މި ފިލްމުގެ ޖުމްލަ އާމްދަނީ ނިމޭނީ ގާތްގަނޑަކަށް 230 ކްރޯޑް ރުޕީސް ހޯދައިގެންނެވެ.

ޖޭމްސް ކެމެރަން ޑައިރެކްޓްކޮށްފައިވާ ‘އެވެޓާ: ފަޔަރ އެންޑް އޭޝް’ އިން ބޮކްސް އޮފީހުގައި ރަނގަޅު ހިފަހެއްޓުމެއް ދައްކަމުންދެއެވެ. މި ސައިންސް ފިކްޝަން އެކްޝަން އެޑްވެންޗަރ ޑްރާމާއަށް 5 ވަނަ ހަފްތާ ބަންދުގައި ގާތްގަނޑަކަށް 3.75 ކްރޯޑް ރުޕީސް އިތުރުވެފައިވެއެވެ. ފިލްމު 5 ވަނަ ހަފްތާއަށް ވަދެފައިވަނީ 75 ލައްކަ ރުޕީސް ހޯދައިގެންނެވެ. އަދި ހޮނިހިރު ދުވަހު 1.40 ކްރޯޑް ރުޕީސް ލިބުނުއިރު އާދިއްތަ ދުވަހު 1.60 ކްރޯޑް ރުޕީސް ލިބިފައިވެއެވެ.

އިންޑިއާގެ ބޮކްސް އޮފީހުގައި ‘އެވެޓާ: ފަޔަރ އެންޑް އޭޝް’ ގެ ޖުމްލަ އާމްދަނީ (ގްރޮސް ޕްރޮފިޓް) މިހާރު ވަނީ 225 ކްރޯޑް ރުޕީސް ހުރަސްކޮށްފައެވެ. މި ހޮލީވުޑް ފިލްމު މިހާރު އޮތީ ސިނަމާތަކުގައި ދެއްކުމުގެ އެންމެ ފަހު މަރުހަލާގައެވެ. އަދި ވަރަށް އަވަހަށް މުޅިން ނިންމާލާނެކަމަށް ބެލެވެއެވެ. އަންނަ ހަފްތާ ބަންދުން ފެށިގެން އިންޑިއާގައި މި ފިލްމާ ވާދަކުރާނީ ސަނީ ޑިއޯލްގެ ‘ބޯޑަރ 2’ އާ އެވެ. ބެލެވޭ ގޮތުގައި މިއާއެކު ‘އެވެޓާ 3’ ގެ ބޮކްސް އޮފީސް ދަތުރު ނިމުމަކަށް އަންނާނެއެވެ. ‘ބޯޑަރ 2’ ރިލީޒްކުރުމަށްފަހުވެސް މި ފިލްމަށް ދެމިއޮވެވޭތޯ ބަލަން ތިބެމާ ހިނގާށެވެ.

މިހާރުގެ ޓްރެންޑްތަކަށް ބަލާއިރު އިންޑިއާގެ ބޮކްސް އޮފީހުގައި ‘އެވެޓާ: ފަޔަރ އެންޑް އޭޝް’ ގެ ދަތުރު ނިމޭނީ ގާތްގަނޑަކަށް 230 ކްރޯޑް ރުޕީސް (ގްރޮސް ޕްރޮފިޓް) ގައި ކަމަށް ލަފާކުރެވެއެވެ. ‘އެވެޓާ’ ފްރެންޗައިޒްގެ ބްރޭންޑް ވެލިއުއަށް ބަލާއިރު ފިލްމުގެ ވިޔަފާރި ދަށް ނަމަވެސް މިއީ “ކްލީން ހިޓެއް”ގެ ގޮތުގައި ކާމިޔާބު ހޯދާފައިވާ ފިލްމެކެވެ.

މި ފިލްމުގެ މަޢުލޫމާތު އެހާ ބޮޑަށް ނޭނގޭ ފަރާތްތަކަށް ބުނެލަން އޮތީ މި ސިލްސިލާގެ ދެވަނަ ފިލްމު ‘އެވެޓާ: ދަ ވޭ އޮފް ވޯޓަރ’ އަކީ އިންޑިއާގެ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ބްލޮކްބަސްޓަރ ފިލްމެކެވެ. އަދި އެއީ މިއަދާ ހަމައަށް އިންޑިއާގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ހޮލީވުޑް ފިލްމެވެ. އެ ފިލްމާ އަޅާބަލާއިރު މި ފަހުގެ ފިލްމު އުޅެނީ މާ ފަހަތުގައެވެ.

2
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top