ޗައިނީސް ސީރީޒެއް ކަމުގައިވާ، އެންމެންގެ މަޤުބޫލުކަން ހޯދާފައިވާ “ޝައިން އޮން މީ” އަކީ މިހާރު ނެޓްފްލިކްސް އިން ދައްކަމުން އަންނަ ސީރީޒްއެކެވެ. 36 އެޕިސޯޑު ހިމެނިގެންދާ ގޮތަށް ތައްޔާރުކޮށްފައިވާ މި ސީރީޒްއަކީ ޖަޒުބާތީ ވާހަކަތަކެއް ކިޔައިދޭ، މަޑުމަޑުން އުފެދިގެންދާ ލޯތްބާއި، ކުރިއެރުން ފަދަ ކަންކަން ކިޔައިދޭ ސީރީޒެކެވެ. އެހެން ޑްރާމާތަކާ އަޅާ ބަލާއިރު، މި ސީރީޒްގައި ބޮޑަށް ފާހަގަކޮށްފައި ހުންނަނީ ކޮންމެ ދުވަހަކު ދިމާވާ ކަންތައްތަކާއި، ކުދިކުދި ތަޖުރިބާތަކެއް ބަޔާން ނުކުރެވޭ ފަދަ ވާކަތަކެއް ކިޔައިދީފައިވެއެވެ.
މި ސީރިޒްއަކީ މީގެ ތޭރަ އަހަރުކުރިން ނިކުތް ޖީއޫ މާންގެ މަޝްހޫރު ނޮވެލްއެއް ކަމުގައިވަނީ “ދި ބްލޭޒިންގ ސަންލައިޓު”ގެ 2011 ގެ ކޮންސެޕްޓަށް ތައްޔާރުކުރެވިފައިވާ ސީރީޒެކެވެ. މިސީރީޒް ޝޫޓިން ފެށީ ޑިސެންބަރ 2024 ގައެވެ. އަދި ނިންމާއިވަނީ އޭޕްރިލް 2025 ގައެވެ. އެހެން ސީރީޒްތަކެކޭ އެއްގޮތަށް މިސީރިޒް ޝޫޓްކޮށްފައި ވަނީ ތަފާތު އެކިއެކި ސަރަހައްދުތަކުގައެވެ. އެގޮތުން ބަލާއިރު، ޝަންގް ހާއީ، ޖިލިން އަދި ގާންސޫ ފަދަ ތަންތާގައި ވަނީ ޝޫޓޫކޮށްފައެވެ. އެކަމުގެ ސަބަބުން ބެލުންތެރިންނަށް ތަރައްޤީ ވެފައިވާ ޝަހަރުތަކުގެ ދިރިއުޅުމާއި ހަމަހިމޭން ލޭންޑުސްކޭޕެއް ފެނިގެންދެއެވެ.
މި ސީރީޒްގެ މައިގަނޑު ޕްލޮޓަށް ބަލާއިރު، މީގެން ދައްކުވައިދެނީ ޔުނިވާސިޓިއަށްފަހު، ވަޒީފާގެ މާހައުލަށް ނުކުމެގެންދާ ނީ ޒިގުއަންގުގެ ވާހަކައެވެ. މި ރޯލް އަދާކޮށްފައިވަނީ ޒިހާއޯ ޖިންމައި އެވެ. އޭނާގެ ދިރިއުޅުން އެހެން މިސްރާބަކަށް ޖަހަނީ މީގެ ދެއަހަރު ކުރިން ދިމާވި އެކްސިޑެންޓެއްގައި އޭނާގެ ވާތަށް ލިބުނު ގެއްލުމުގެ ސަބަބުން، ޑޮކްޓަރުގެ ކެރިއަރާ ދުރަށް ދިޔަ، މަޑުމައިތިރި މިޒާޖެއްގައިވާ ލިން ޔޫސެން އާ ދިމާވުމަށްފަހުގައެވެ. ލިން ޔޫސެން ގެ ރޯލުން ފެނިގެން ދަނީ ސޯންގް ވެއިލޯންގްއެވެ. އެމީހުންގެ ގުޅުން މަޑުމަޑުން ދިރި، ދެމީހުން އެކަކު އަނެކަކަށް ދަސްވެ، ދެމީހުންގެ ހީލިންގ ޕްރޮސެސް ދައްކުވައިދެއެވެ.
ސަޕޯޓިންގ ކާސްޓަށް ބަލާލާއިރު، ނީ ޒިގުއަންގުގެ ފުރަތަމަ ލޯބިވެރިޔާގެ ގޮތުން ފެނިގެންދިޔަ އަދި ފަހުން އޭނާއަށް ލޯބި ނުލިބިގެންދިޔަ ޒްހަންގު ޒޫ އެވެ. މި ރޯލް އަދާކޮށްފައިވަނީ ލެއި ވެއިމިންގެވެ. މީގެ އިތުރުން ބައި ބިންގް ކޭ، ފޭން ޝިރަން ފަދަ ކާސްޓުންތަކެއް ފެނިގެން ދެއެވެ.
“ޝައިން އޮން މީ” މިޑްރާމާގެ މައިގަނޑު ހާސިއްޔަތަކީ އެ ސީރީޒްގެ ކޮންމެ އެޕިސޯޑެއްވެސް ހީވަނީ ކޮންމެ އެޕިސޯޑަކީ ވަކި ވާހަކައެއް ކަމުގައެވެ. ފަހު 2 އެޕިސޯޑަށް ދާއިރު، އެ އެޕިސޯޑުތަކުގައި ދެ މަހަށް ނުވަތަ 2 އަހަރަށް ނުވަތަ 10 އަހަރު ފަހުންވެސް ދައްކުވައިދެއެވެ. މިސާލަށް ބަލާލާއިރު، މަސައްކަތުގެ މާހައުލުގައި ދެމީހުންގެ ކެރިއަރއިން ކާމިޔާބު ހޯދިގޮތާއި، ދެމީހުންގެ ވާހަކަތައް ވަރަށް ރަނގަޅަށް ކިޔައިދީފައިވެއެވެ. މި ސީރީޒް ބަލާ ކޮންމެ މީހަކަށް މި ސީރީޒް އެމީހަކާ ގުޅުންހުރި ގޮތެއް ހުރެއެވެ. ހަމައެއާއެކު، ބެލުންތެރިންނަށް ތަކުރާރުކޮށް މި ސީރީޒް ބެލޭގޮތް ވުމުން އޭގެ އަސަރު އެހެން މީހުންނަށް ފެނިގެން ދެއެވެ.
މިސީރީޒްގެ ފުރަތަމަ އެޕިސޯޑު ނެޓްފްލިކްސް އަދި “ޑަބްލިއު.އީ ޓީވީގައި” ޕްރިމިއަރ ކޮށްފައިވަނީ 22 ޑިސެންބަރ 2025 ގައެވެ. އަދި ފަހު އެޕިސޯޑު ދެއްކީ 7 ޖަނަވަރީ 2026ގައެވެ. މި ޑްރާމާ ރިލީޒްކުރި ހިސާބުން ފެށިގެން މިހާތަނަށް މިލިއަނެއްހާ މީހުން މި ސީރީޒް ބަލާފައިވެއެވެ. އަދ މީގައި އެކުލެވޭ ކޮންމެ އެކްޓަރެއްގެ އަސްލާއެއްގޮތް އެކްޓިންއަށް ގިނަބަޔަކު ތައުރީފުކޮށްފައިވެއެވެ. އެއްވެސް ހަލުވިކަމެއް ނެތި، މަޑުމައިތިރި ޕޭސްއެއްގައި ކޮންމެ އެކްޓަރެއްގެ ކުރިއެރުން ފެނިގެން ދެއެވެ.
“ޝައިން އޮން މީ” އަކީ ހަމައެކަނި ލޯބި ހިމެނޭ ސީރީޒެއް ނޫނެވެ. އާއިލާތަކުގައި ޖެހޭ މައްސަލަތަކާއި، އާއިލާތަކުގެ ގުޅުމާޢި، ރަހުމަތްތެރިކަމާއި، ވަޒީފާގެ މާހައުލާއި، ކިޔެވުމުގެ މާހައުލުގައި ދިމާވާ ކަންތައްތައް ދައްކުވައިދޭ ޑްރާމާއެކެވެ. އެކްޓަރުންގެ ހުނަރުވެރި ޕާފޯމަންސެއް ފެނިގެންދާ ގޮތަށް ދައްކުވައިދީފައިވެއެވެ. މާހައުލުގެ ގޮތަށް ބަލާއިރު، މި ސީރީޒް އަހަރެމެންނަށް ހަނދާން ކޮށްދެނީ، ކޮންމެ ވަގުތެއްގައިވެސް، ހިތްވަރު އޮންނަންޖެހޭ ކަމެވެ. އަދި އެއީ އެ ސީރީޒްގެ ނިންމާލާ ޕާޓީ ބޭއްވިގެންދިޔަޔަސް، ކޮންމެ ފަހަރަކު ބަލާލެވޭ ކަހަލަ ޝޯއެކެވެ.
