ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެމްޓީސީސީ އާއި އިމިގްރޭޝަނަށް އިތުރު މޮޅެއް
ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އިންޓަރ އޮފީސް ވޮލީބޯލް ޗެމްޕިއަންޝިޕް ވިމެންސް ޑިވިޝަންގެ ތޭރަވަނަ މެޗުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އަދި ސާދަވަނަ މެޗުން މޯލްޑިވްސް އިމިގްރޭޝަން މޮޅުވެއްޖެއެވެ.
ތޭރަވަނަ މެޗްގައި ބައްދަލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި މިނިސްޓްރީ އޮފް ހެލްތުއެވެ.
ފަސޭހަކަމާއެކު ސީދާ ތިން ސެޓުން އެމްޓީސީސީ މޮޅުވި މިމެޗްގެ ސެޓްތައް އެމްޓީސީސީއިން ހޯދީ 15-25، 16-25 އަދި 25-6 އިންނެވެ. މިމެޗުން ހޯދި މޮޅާއެކު އެމްޓީސީސީ ވަނީ ހަތަރު މެޗުން މޮޅުވެފައެވެ.
މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްޓީސީސީގެ ޖޯޒީ ނަންބަރު 18 އާމިނަތު އިބާ އިބްރާހީމްއެވެ.

ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ސާދަވަނަ މެޗްގައި ވާދަކުރީ ފެނަކަ ކޯޕަރޭޝަން އާއި މޯލްޑިވްސް އިމިގްރޭޝަންއެވެ. ފޯރިގަދަ ކުޅުމެއް ފެނުނު މިމެޗް އިމިގްރޭޝަން ކާމިޔާބުކުރީ 3 ސެޓް 1 ސެޓުންނެވެ. ފުރަތަމަ ސެޓް ފަސޭހަކަމާއެކު 16-25 އިމްރޭޝަން ކާމިޔާބުކުރި ނަމަވެސް، ޖެހިގެން އައި ތިން ސެޓް ފެނުނީ ވަރަށް ވާދަވެރިކޮށެވެ. 22-25 އިން ދެވަނަ ސެޓް ފެނަކައިން ހޯދިއިރު ތިންވަނަ ސެޓް 25-22 ހޯދައި އިމިގްރޭޝަން އުންމީދު އާކުރިއެވެ. ހަތަރުވަނަ ސެޓް އިމިގްރޭޝަންއިން ކާމިޔާބުކުރީ 25-21 އިންނެވެ.
މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިމިގްރޭޝަންގެ ޖޯޒީ ނަންބަރު 5 ސަމްހާ ރިޔާޒްއެވެ.

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top