ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކަލާޒްގެ ” ދަ 50 ” ދައްކަން ފަށަނީ

ކާމިޔާބު ސީރީޒްތަކެއްގެ އިތުރުން ކާމިޔާބު ރިއަލިޓީ ޝޯވތަކެއް ވެސް ގެނެސްދެމުން އަންނަ ކަލާޒް ޓީވީއިން މުޅިން އަލަށް ގެނެސްދޭ ރިއަލިޓީ ޝޯވއެއް ފަށަން ތައްޔާރުވެއްޖެއެވެ.

“ދަ 50” ގެ ނަމުން ނަން ދީފައިވާ މި ގޭމް ރިއަލިޓީ ޝޯވއަކީ ފްރާންސްގެ މަޝްހޫރު ރިއަލިޓީ ޝޯވ “ލެސް ސަންކުއާންޓް” ގެ ހިންދީ އެޑަޕްޓޭޝަނެކެވެ. 50 ސެލެބްރިޓީންނާއެކު ގެނެސްދޭ “ދަ 50” ހުށަހަޅަނީ ބޮލީވުޑްގެ މަޝްހޫރު ކޮރެއޯގްރާފަރު އަދި ޑައިރެކްޓަރު ފަރާ ޚާންއެވެ.

މިހާތަނަށް ޝޯވގެ 20 ބައިވެރިއެއް ކަށަވަރުވެފައި ވާއިރު އޭގެ ތެރޭގައި އެކްޓަރުންނާއި ސޯޝަލް މީޑިއާ އިންފުލުއެންސަރުންގެ އިތުރުން ރިއަލިޓީ ޝޯވތަކުން މަޝްހޫރުކަން ހޯދާފައިވާ ފަރާތްތައް ހިމެނެއެވެ. އެގޮތުން ކަރަން ޕަޓޭލް، ފައިސަލް ޝެއިޚް (މރ. ފައިޒޫ)، ދިވްޔާ އަގަރްވާލް، ޝިނީ ދޯޝީ، އުރްވަޝީ ދޮލާކިއާ، ރިދީ ޑޯގްރާ، ޝިވް ތާކްރޭ، ދިގްވިޖޭ ރާތީ، ރަޖަތު ދަލާލް، އަރްޗަނާ ގޯތަމް އަދި ޗާހަތު ޕާންޑޭ ފަދަ ނަންތައް ފާހަގަކޮށްލެވެއެވެ.

މިދިޔަ ޑިސެމްބަރު މަހު ކަލާޒްގެ އެންމެ މަޝްހޫރު ރިއަލިޓީ ޝޯވ “ބިގް ބޮސް” ގެ 19 ވަނަ ސީޒަން ނިންމާލިއިރު “ދަ 50” ގެ އިތުރުން ކަލާޒްގެ ސްޓަންޓްތަކަށް ޚާއްސަކޮށް ގެނެސްދޭ ޝޯވ “ޚަތުރޯން ކޭ ކިލާޅީ” ގެ 15 ވަނަ ސީޒަންގެ މަސައްކަތްތައް ވެސް ކުރަމުން އަންނަކަމަށް ޚަބަރުތައް ބުނެއެވެ. އެގޮތުން އަންނަ މެއި މަހު އެ ޝޯވގެ ޝޫޓިން ފަށާނެކަމަށާއި ޖޫން މަހު ޓީވީއިން ދައްކަން ފެށޭނެކަމަށް ލަފާކުރެވޭކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

“ބިގް ބޮސް” އާއި އެއްގޮތަށް ބޮޑު ގެއެއްގެ ތެރޭގައި “ދަ 50” ކުރިއަށް ދިޔަ ނަމަވެސް މިއީ “ބިގް ބޮސް” އާ މުޅިން ތަފާތު ޝޯވއެއް ކަމަށްވެއެވެ. މިއީ އެލިމިނޭޝަން ތަކާއެކު ކުރިއަށްދާ ވަރުގަދަ ގޭމް ޝޯވއެކެވެ. “ދަ 50” ދައްކަން ފަށާނީ އަންނަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ.

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top