ފާޚާނާ ސާފުކުރަން ޖެހުމަކީ ގިނަބަޔަކަށް ބޮޑު ފަކުރަކަށް ވާކަމެކެވެ. މިކަން އެނގެނީ އާދަވެ ދުވާލަކު އެއްފަހަރު ފާޚާނާ ސާފުކުރާ މީހެއް އުޅޭނީ ވަރަށް މަދުން ކަމެވެ. ނަމަވެސް ފާޚާނާ ސާފުކޮށްލަން ނުވަތަ ސާފުކޮށް ބެހެއްޓުމަށް ކުރެވިދާނެ ފަސޭހަ ކަމެއް ބުނެދެންހެއްޔެވެ؟

ފާހާނާ ތަށްޓަކީ ޖަރާސީމުން ރައްކާތެރިވެފައިވާ އެއްޗަކަށް ވުމަކީ އާއިލާގެ މެންބަރުން ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ވަރަށް ބޭނުންތެރި ކަމެކެވެ. އެހެންކަމުން އަހަރެމެން މި ހިއްސާކޮށްލާ ކަންތައް ކޮށްލުމުން ފާހާނާ ތަށްޓަކީ ޖަރާސީމު މަދު، އަދި ސާފު އެއްޗެއްގެ ގޮތުގައި ބެހެއްޓޭނެ އެވެ. ހަޑިވުމުން ސާފުކޮށްލަންވެސް ފަސޭހަވާނެ އެވެ.

ނުރައްކާތެރި ކެމިކަލްތައް ހުންނަ ސާފުކުރުމަށް ބޭނުންކުރާ އަގުބޮޑު ތަކެތި ގަތުމަށް ގިނަ ފައިސާތަކެއް ހޭދަކޮށްލުމުގެ ބަދަލުގައި އަމިއްލަ ގޭތެރެއިން ލިބެން ހުންނަ ބައެއް ތަކެތިން ފާހާނާ ސާފުކުރުމަށް ބޭނުންކުރާނެ އެއްޗެއް ތައްޔާރުކޮށްލެވިދާނެ އެވެ. އަދި އެ ބޭނުންކުރުމުން ފާހާނާއިން ދުވާ ނުބައި ވަސް ފިލުވައިދީ، ބެކްޓީރިއާ ޖަރާސީމު ނައްތާލައެވެ.

ބޭނުންވާނެ ތަކެތި:

– 60 މިލިލީޓަރުގެ ލުނބޯހުތް

– 160 ގްރާމް ބޭކިން ސޮޑާ

– 1/2 މޭޒުމަތީ ސަމުސަލުގެ ރާހުތް

– 01 މޭޒުމަތީ ސަމުސަލުގެ ހައިޑްރިޖަން ޕެރޮޮކްސައިޑް (ބަދަލުގައި، ދަތްއުނގުޅާ ބޭސް ނުވަތަ މައުތު ވޮޝް)

– މީރުވަސް ދުވާ ތެލެއްގެ 15-20 ތިކި

ތައްޔާރުކުރާނެ ގޮތް:

ތަށްޓެއްގައި ބޭކިން ސޮޑާ އާއި ލުނބޯހުތް އެއް ގަށާށެވެ. ވަކިން އެހެން ތަށްޓެއްގައި ރާހުތާއި ހައިޑްރޯޖަން ޕެރަކްސައިޑް އެއްކޮށްފައި ބޭކިން ސޮޑާ އާއި ލުނބޯހުތް އެއްކުރި ތަށްޓަށް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު މީރުވަސްދުވާ ތެޔޮ (ފްރެގްރެންޓް އޮއިލް) އަޅާށެވެ.

ސަމުސަލެއްހައި އެތިކޮޅެއް ނަގައި ފަތާލިކޮށް ގުޅަ ހަދާށެވެ. އެއަށްފަހު ‘ޕާޗްމެންޓް’ ކަރުދާހަށް ލައި ހިއްކާށެވެ. ހިކުމަށް މަދުވެގެން 4 ގަޑިއިރު ނަގާނެ އެވެ. ހިކުމަށްފަހު ބާރަށް މަތިޖެހޭ ވައި ނުވަންނަ ފަދަ ފުޅިއަކަށް އަޅާފައި ފާޚާނާގައި ބަހައްޓާށެވެ.

ފާޚާނާތަށި ދޮންނަވަރު ވުމުން ގުޅައެއް ތަށީގެ ތެރެއަށް ވައްޓާލާށެވެ. ހަފުތާއަކު 2 ނުވަތަ 3 ފަހަރު މީގެ ގުޅައެއް ބޭނުންކުރާާށެވެ.

ފާޚާނާ އަބަދުވެސް ތާޒާ މީރުވަހެއް ދުވައި ފާޚާާ ހުންނާނީ ސާފުކޮށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.