ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވައިޕޯގެ އެހީތެރިކަމާއެކު، ރަވީ ފާރޫޤު، ދުނިޔޭގެ ސަމާލުކަމަށް!

ދިވެހިރާއްޖޭގެ ފިލްމް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ އުފެއްދުންތެރިޔެއް ކަމަށްވާ، ރަވީ ފާރޫޤުގެ މަސައްކަތްތައް، މި އަހަރުގެ ޖުލައި މަހު 8 އިން 17 އަށް، ސުވިޓްޒަލޭންޑުގެ ޖެނީވާގައި ބޭއްވުނު ވޯލްޑް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޯގަނައިޒޭޝަން (ވައިޕޯގެ) 66 ވަނަ އެސެމްބްލީ ހިންގަމުން ދިޔައިރު، އެ ޖަމިއްޔާގެ ވެބްސައިޓުގެ ފްރަންޓް ޕޭޖްގައި، ފާހަގަ ކުރެވިއްޖެއެވެ.

މިއީ، ދިވެހިރާއްޖެއަށާއި ދިވެހިރާއްޖޭގެ އުފެއްދުންތެރިންނަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށް ފާހަގަކޮށްލެވެއެވެ.

ރަވީ ފާރޫޤަކީ، ވޯލްޑް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޯގަނައިޒޭޝަން( ވައިޕޯ ) އިން ހިންގާ ހަރަކާތެއް ކަމަށްވާ، “އައި.ޕީ ފްރޮމް ދަ ގްރައުންޑް އަޕް: ވަރޗުއަލް ޗެޓް” މި ހަރަކާތުގައި، ދިވެހިރާއްޖެ ތަމްސީލު ކުރުމަށް ގެޒެޓްކުރެވުނު އިއުލާނާ ގުޅިގެން ހޮވިފައިވާ ފަރާތެކެވެ. މިއީ، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި، ވައިޕޯ އަދި ކޮރެޔާގެ ސަގާފަތާއި، ކުޅިވަރާއި ފަތުރުވެރިކަމާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތް ބޭއްވުމުގެ މަޤްޞަދަކީ، އޭޝިއާ ސަރަޙައްދުގެ އުފެއްދުންތެރިންގެ މަސައްކަތްތައް ފާހަގަކޮށް، ރައްކާތެރިކޮށް، އެފަދަ މަސައްކަތްތައް ފުޅާކުރުމާއި، ފިކުރީ މުދަލުގެ ހައްގުތައް ރައްކާތެރި ކުރުމުގެ މުހިންމުކަން ހާމަކޮށްދިނުމެވެ.

މި ލައިވް ޗެޓް ޕްރޮގްރާމްގައި، ކްރިއޭޓިވް ޕްރޮޑިސަރ ޝާމީން ނިޒާމް އާއި ރަވީ ފާރޫޤު ވަނީ، ދިވެހި ފިލްމު އުފެއްދުންތެރިންގެ މަސައްކަތުގެ ތަޖްރިބާއާއި، ފިކުރީ މުދަލުގެ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭ ގޮތުންނާއި، އެ މީހުންގެ މަސައްކަތުގެ ތަޖުރިބާތަކާއި، ރާއްޖޭގެ އޯޑިއޯ ވިޝުއަލް އިންޑަސްޓްރީއާ ގުޅޭ މަޢުލޫމާތު ތަކަށް ބިނާކޮށް، އެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި، ދާއިރާގައި ހުރި ފުރުޞަތުތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ.

ޔެސް ޓީވީ މެދުވެރިކޮށް، ލައިވް ސްޓްރީމް ކުރި މި ޕްރޮގްރާމް ވަނީ، ވައިޕޯ މެދުވެރިކޮށް ޑިސްޓްރިބިއުޓް ކޮށްފައެވެ. މި ޕްރޮގްރާމަކީ، ވައިޕޯގެ “ރައިޓްސް، ކެމެރާ، އެކްޝަން”! އަދި “ފްރޮމް ސްކްރިޕްޓް ޓު ސްކްރީން” މި ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މިއީ ދިވެހިރާއްޖޭގެ އޯޑިއޯ ވިޝުއަލް މަސައްކަތްތަކުގެ މައުލޫމާތާއި އަޑު، ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގެ ސަމާލުކަމަށް ގެނެވުނު ހަަރަކާތެކެވެ.

ވައިޕޯއިން ކުރިޔަށް ގެންދާ ޕްރޮގްރާމްގެ ދަށުން، އެކި ޤައުމުތަކުގެ މަސައްކަތްތައް ފާހަގަ ކުރުމަށް ހަމަޖެހިފައި ވެއެވެ. މިގޮތުން، މެލޭޝިއާގެ (މިއުޒިކް އިންޑަސްޓްރީ)، ފިލިޕީންސްގެ (އެނިމޭޝަން އިންޑަސްޓްރީ)، ސައުތު ކޮރެއާގެ (މިއުޒިކް އިންޑަސްޓްރީ) އަދި މިފަހަރު (ރާއްޖޭގެ އޯޑިއޯ ވިޝުއަލް އިންޑަސްޓްރީ) ގެ މައުލޫމާތު ހިއްސާކުރެވި، މުސްތަޤްބަލުގައި އެކިއެކި ޤައުމުތަކުގެ މިފަދަ އުފެއްދުންތެރި މަސައްކަތްތައް، ސިލްސިލާ ގޮތެއްގައި ލައިވް ސްޓްރީމް ކުރުމަށް ވަނީ ރޭވިފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top