ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގަައި

20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕް ދިވެހިރާއްޖޭގައި ބާއްވަން ނިންމައި ގުރުއަތުލުން ބާއްވައިފިއެވެ.

މުބާރާތުގައި ވާދަކުރާޓީމުތައް ދެ ގުރޫޕަކަށް ބަހާލާފައި ވާއިރު ރާއްޖެ އާއި ނޭޕާލް އަދި ބޫޓާނާއި ސްރީލަންކާ ހިމެނެނީ ގުރޫޕް އޭ ގައެވެ. ގުރޫޕް ބީ ގައި ހިމެނެނީ އެންމެފަހުގެ ޗެންޕިއަން އިންޑިޔާ އާއި ރަނަރަޕް ބަނގުލަދޭސް އަދި ޕާކިސްތާނެވެ.

މިމބާރާތް ކުރިޔަށްދާނީ މާރޗް 23 އިން އޭޕްރީލް 4 އަށެވެ. ވޭތުވެދިޔަ އަހަރު ރާއްޖެއިން ސެމީފައިނަލަށް ދަތުރު ކޮށްފައިވާއިރު ސެމީފައިނަލްގައި ބަލިވީ އިންޑިޔާ ކައިރިންނެވެ.

މިމުބާރާތުގައި މިހާތަނަށް ރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ކާމިޔާބީއެއް ލިބިފައިވަނީ 2019 ވަނަ އަހަރު މުބާރާތުގެ ތިންވަނަ މަގާމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top