ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދުނިޔޭގެ ދުވަސް 2018

އާރތު ޑޭ ނުވަތަ ދުނިޔޭގެ ދުވަސް (ބިމުގެ ދުވަސް) ބައިނަލް އަޤްވާމީ ފެންވަރުގައި އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ 1970 ވަނަ އަހަރު އެވެ. އޭގެ ފަހުން ކޮންމެ އަހަރެއްގެވެސް އޭޕްރީލް މަހުގެ 22 ވަނަ ދުވަސް ފާހަގަކުރެވެމުން އަންނަނީ ދުނިޔޭގެ ދުވަސް (އާރތު ޑޭ) ގެ ގޮތުގައެވެ.

ކޮންމެ އަހަރަކުވެސް އޭޕްރީލް މަހުގެ 22 ވަނަ ދުވަސް ދުނިޔޭގެ ދުވަހުގެ ގޮތުގައި ފާހަގަކުރެވެމުން ދަނީ ތިމާވެށްޓާއި މެދު ޒަމާނީ ފެންވަރެއްގައި 1970 ވަނަ އަހަރު ފެށުނު ހަރަކާތުގެ އަހަރީދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ.

ދުނިޔޭގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގިނަގުނަ ހަރަކާތްތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރަކުވެސް އަންނަނީ ބާއްވަމުންނެވެ. މިއަހަރުގެ ދުނިޔޭގެ ދުވަހުގެ ޝިޢާރަކަށް ކަނޑައަޅާފައިވަނީ ‘ޕްލާސްޓިކް ޕޮލިއުޝަން ނައްތައިލުން’ މިއެވެ. 

މިއަހަރުގެ ޝިޢާރަކީ ހަމަ ގައިމުވެސް ދިވެހިރާއްޖެ ފަދަ ޕްލާސްޓިކުން ތަޣައްޔަރުވެފައިވާ ޤައުމަކަށް މުހިންމު ޝިޔާރެކެވެ. ޤައުމީ ފެންވަރެއްގައި ޙަރަކާތްތަކެއް ހިންގައި ޕްލާސްޓިކުން ރާއްޖޭގެ ކަނޑުތަކާއި ފަޅުތައް، ގޮނޑުދޮށްތަކާއި ރަށްރަށުގެ ފަންނުތައް، ކުޅިތައް އަދި ޖުމްލަކޮށް މުޅި ރަށުތެރެ ތަޣައްޔަރު ކުރުން ހުއްޓުމަކަށް ގެންނަން މިއަދު ވަނީ ޖެހިފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top