ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޤައުމީ މުބާރާތުގެ ހަވަނަ ޖާގަ ވިކްޓަރީއަށް
ފޮޓޯ: ވިކްޓަރީ ސްޕޯޓްސް ކްލަބް

ޤައުމީ ފުޓްބޯޅަ މުބާރާތުގެ ހަވަނަ ޖާގަ ވިކްޓަރީ ސްޕޯރޓްސް ކުލަބް ހޯދައިފިއެވެ. ޕްލޭއޮފްގެ ދެވަނަ މެޗްގައި ރޭ ވާދަކުރީ ލީގުގެ ހަވަނަ މަގާމް ހޯދި ވިކްޓަރީ ސްޕޯރޓްސް ކުލަބް އާއި ހަތްވަނަ މަގާމް ހޯދި ޓީސީ ސްޕޯރޓްސް ކުލަބެވެ.

2-0 އިން ވިކްޓަރީ ކާމިޔާބުކުރި މިމެޗްގައި ވިކްޓަރީއަށް ލަނޑު ޖަހައިދިނީ، 31 ވަނަ މިނިޓްގައި އަލީ ނަސޫހް އަދި 59 ވަނަ މިނިޓް ގައި އަހްމަދު ރިޒުވާން އެވެ.

މިމެޗުން ހޯދި މޮޅާއިއެކު ވިކްޓަރީ ލައްވާލީ ގުރޫޕް އޭގައެވެ. ގުރޫޕް އޭގައި ދެން ހިމެނެނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ބުރު ސްޕޯރޓްސް ކުލަބެވެ.

ފޮޓޯ. ވިކްޓަރީ ސްޕޯޓްސް ކްލަބް

ގުރޫޕް ބީގައި ހިމެނެނީ އޮޑި ސްޕޯރޓްސް ކުލަބާއި ނިއުރޭޑިއަންޓް ސްޕޯރޓްސްގެ އިތުރުން ކުލަބް އީގަލްސް އެވެ.

ހަޓީމު ދެ ގުރޫޕަށް ބަހާލައިގެން ކުޅޭ ލީގު ބުރަށްފަހު ކޮންމެ ގުރޫޕެއްގެ އެއްވަނަ އާއި ދެވަނަ ދާނީ ސެމީފައިނަލަށެވެ. ކުރޮސްކޮށް ކުޅޭ ސެމީފައިނަލް މެޗުން މޮޅުވާ ދެޓީމު ދާނީ ފައިނަލަށެވެ.

ޤައުމީ ފުޓްބޯޅަމުބާރާތުގެ ފުރަތަމަ މެޗްގައި 10 ވަނަ ދުވަހުގެ ހަވީރު ވާދަކުރާނީ މާޒިޔާ އާއި ބުރެވެ. ދެވަނަ މެޗްގައި ހަމަ އެރޭ ނިއު އާއި އޮޑި ވާދަކުރާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top