ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ލައިލާ މަޖްނޫނު” އަށްފަހު އިމްތިއާޒް އަލީ އާއި އެކްތާ ކަޕޫރު “ހީރް ރަންޖާ” އަށް އެކުވެއްޖެ

‘ލައިލާ މަޖްނޫނު’ އަށްފަހު، ފިލްމީ ދާއިރާގެ ފުންނާބު އުސް ދެ ފަންނާނުން ކަމަށްވާ އިމްތިއާޒް އަލީ އާއި އެކްތާ ކަޕޫރު އަލުން އެކުގައި މަސައްކަތް ކުރަން ފަށާފައިވާކަން ވަނީ އިއުލާނުކޮށްފައެވެ. ‘ހީރް ރަންޖާ’ގެ ނަމުގައި އުފައްދާ މި ފިލްމަކީ އަންނަ އަހަރުގެ ފެބްރުއަރީ 14ގައި ސިނަމާތަކަށް ގެނައުމަށް ވަނީ ނިންމާފައެވެ.

މި ފިލްމަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ‘ލައިލާ މަޖްނޫނު’ ފްރެންޗައިޒްގެ ދެވަނަ ބައެވެ. ‘ހީރް ރަންޖާ’ ފަރުމާކޮށްފައިވަނީ އިހުގެ ލޯބީގެ މާހައުލުތަކާއި މިޒަމާނުގެ ދިރިއުޅުމުގެ ވައްޓަފާޅި އެކުލަވައިލައިގެން، ބެލުންތެރިންނަށް ކަމުދާނެ ފަދަ ތަފާތު ގޮތަކަށެވެ. ފިލްމުގެ ނަން އިއުލާނު ކުރުމާއެކު، ‘ލައިލާ މަޖްނޫނު’ގެ ފޭނުންގެ މެދުގައި މިހާރުވެސް ވަނީ ބޮޑު ފޯރިއެއް އުފެދިފައެވެ.

ސާޖިދު އަލީ ޑައިރެކްޓް ކުރާ މި ފިލްމުގެ މަސައްކަތްތައް ވަރަށް އަވަހަށް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި އިއުލާނާ ގުޅޭގޮތުން ވާހަކަ ދައްކަމުން އެކްތާ ކަޕޫރު ބުނީ، އިމްތިއާޒް އާއި ސާޖިދަކީ ލޯބީގެ ހަގީގީ އިހުސާސްތައް އޭގެ އެންމެ ފުންމިނުގައި ދައްކައިދިނުމުގެ ހާއްސަ ހުނަރެއް ލިބިފައިވާ ދެ ފަރާތް ކަމަށެވެ.

“ލައިލާ މަޖްނޫނަކީ ވަގުތާއެކު ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދި ފިލްމެއް. ނަމަވެސް ‘ހީރް ރަންޖާ’ އަކީ ވަގުތާއި އިހުސާސްތަކުގެ ހުރަސްތައް ގިރާކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ބެލުންތެރިންގެ ހިތްތަކާ ކުޅެލާނެ ފަދަ ލޯބީގެ ވާހަކައަކަށް ވާނެ ކަމަށް އުންމީދު ކުރަން،” އެކްތާ ބުންޏެވެ.

ފިލްމު ހުށަހަޅައިދޭ އިމްތިއާޒް އަލީ ބުނި ގޮތުގައި ‘ހީރް ރަންޖާ’ އަކީ އަމިއްލަ ވަކި ދުނިޔެއެއްގައި ދައުރުވާ ވާހަކައެކެވެ. މިއީ މި ޒަމާނުގެ ޖީލުގެ ލޯބީގެ ބަހުރުވައިން ކިޔައިދޭ، އެހެނަސް އަބަދަށް ދެމިގެންވާ ފަދަ އަސަރުގަދަ ވާހަކައެކެވެ. އަދި އެކްތާއާއެކު އަލުން މަސައްކަތް ކުރުމަކީ ކުރިން ފެށިފައިވާ އެކުވެރިކަމާއި ފަންނީ މަސައްކަތުގެ ކުރިއެރުމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

‘ހީރް ރަންޖާ’ އަކީ މިނިވަން ލޯބީގެ ފްރެންޗައިޒްއެއްގެ ގޮތުގައި ކުރިއަށްދާ ފިލްމެކެވެ. ޕައި ފިލްމްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޝޯބާ ކަޕޫރު، އެކްތާ ކަޕޫރު އަދި ޕްރީތީ އަލީ ޕްރޮޑިއުސްކުރާ މި ފިލްމަކީ، އިމްތިއާޒް އަލީގެ ހުށަހެޅުމަކަށް، ސާޖިދު އަލީގެ ޑައިރެކްޝަނުގެ ދަށުން އުފައްދާ ފިލްމެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top