ކުމުންޒާނި (އިނގިރޭސި ބަހުން: Benzoin resin or styrax resin) އަކީ ހުވަނދު ބޭހުގެ ބާވަތެކެވެ. ކުމުންޒާންޏަކީ ކުމުންޒާނި ގަސް (ސައިންޓިފިކް ނަން: Styrax Benzoin) ނުވަތަ (އިނގިރޭސި ބަހުން: Benzoin plant) ގެ ކިރެކެވެ. މިހުންނަނީ ނީކުނޑި ކުލައިގައެވެ.
ދުންއަޅާށާއި، އަތަރު ހަދަންވެސް ކުމުންޒާނި ބޭނުންކުރެއެވެ. މީގެ ދުމުގައި މީރުވަސް ދުވައެވެ. ކުމުންޒާނި ގަސް ހިމެނޭ އާއިލާގައި އެވައްތަރުގެ 130 އަށްވުރެ ގިނަ ގަސްތައް ހިމެނެއެވެ. ބެންޒޮއިކް އެސިޑްގައި ހިމެނޭ މައިގަނޑު ބާވަތަކީ ކުމުންޒާންޏެވެ. ބައެއް ފަހަރު ބެންޒަން ވެސް ކުމުންޒާންޏަށް ކިޔައި އުޅެއެވެ.
ކުމުންޒާނި (ކިރު) ގެ މައިގަނޑު ދެވައްތަރެއް ހުރެއެވެ. އެއީ ތަފާތު ދެވައްތަރެއްގެ ގަހުން ނަގާފައި ހުންނަ ކުމުންޒާންޏެވެ.
ކުރީ ޒަމާނުގައި ރޯގާ ބަލިމަޑުކަމަށް ގޭތެރޭގަޔާއި ރަށުތެރޭގައި ކުމުންޒާނިން ދުންއަޅައި އުޅުނެވެ. އެގޮތުން ދުންއަޅަނީ އުނިމާ، ކަޅަގާރި، ކުމުންޒާނި ވަކިވަރަކަށް މުގުރައި އެއްކޮށްގެންނެވެ.
ކުމުންޒާންޏަކީ ’އެސެންޝަލް އޮއިލް‘ (މީރުވަސް ދުވާ ތެޔޮ) އުފެއްދުމަށާއި ހަކީމީ ބޭސްވެރިކަމުގެ ތެޔޮ އުފެއްދުމަށް ބޭނުންކުރާ އެއްޗެކެވެ. ކުމުންޒާނި ތެލަކީ ވަރަށް ގިނަ ފައިދާތަކެއް އެކުލެވޭ ތެލެކެވެ.
އެގޮތުން:-
– ހުޅުހުޅުގައި ރިއްސުމަށް ލުޔެއް ދޭ
– ނޭވާލުމުގެ ނިޒާމަށް ދިމާވާ ބައެއް މައްސަލަކާއި އަރިދަފުސް ރޯގާޖެހި ނޭފަތް ބެދުމުގެ މައްސަލައަށް ލުޔެއް ލިއްބައިދޭ.
– ހާސްވެ ކަންބޮޑުވުމުގެ އިޙްސާސް ކުޑަކޮށްދޭ
– ހަމުގެ މައްސަލަތަކުން ދުރުކޮށްދޭ
މީގެ އިތުރުންވެސް ކުމުންޒާނިން ގިނަ ފައިދާތަކެއް އިންސާނުންގެ ހަށިގަނޑަށް ކުރެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




