ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތް މިއަދު ފަށާނެއެވެ.
ކުރީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މިމުބާރާތް އެފްއޭއެމް އިން މިބާއްވަނީ 15 އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލު ކުރާނީ ނިއުރޭޑިއަންޓާއި ދަ ގްރާންޑޭ އެވެ.
މިމުބާރާތް ރާވާލާފައި ވަނީ މުބާރާތުގައި ބައިވެރިވި 10 ޓީމު ދެ ގްރޫޕަށް ބަހާލައި، ލީގު އުސޫލުން ކުޅެ ކޮންމެ ގުރޫޕެއްގެ އެއްވަނަ ޓީމާއި ދެވަނަ ޓީމު ސެމީފައިނަލަށް ދާގޮތަށެވެ.
ގުރޫޕް އޭގައި ހިމެނެނީ މިއަދުގެ މެޗުގައި ބައްދަލުކުރާ ނިއުރޭޑިއަންޓާއި ދަ ގްރާންޑޭގެ އިތުރުން މުއިވެޔޮ ފުރެންޑްސް އާއި ވިލިމާލެ ޔުނައިޓެޑް އަދި ދިވެހި ސިފައިންގެ ކުލަބެވެ.
ގުރޫޕް ބީގައި ހިމެނެނީ ޔުނައިޓެޑް ވިކްޓަރީ އާއި ހުއްރިއްޔާ ސްޕޯޓްސް ކްލަބާއި ހުޅުމާލޭ ވެޓަރަންސް އަދި ބުރު ސްޕޯޓްސް ކްލަބާއި ޕޮލިސް ކްލަބެވެ.
މިމުބާރާގެ ގްރޫޕް ސްޓޭޖުގެ މެޗުތައް މާޗް 11 އާ ހަމައަށް ކުރިއަށް ދާއިރު ސެމީފައިނަލް ދެމެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާޗް 13 ވަނަ ދުވަހާއި 14 ވަނަ ދުވަހުއެވެ.
ފައިނަލް މެޗް އޮންނާނީ މާޗް 16 ވަނަ ދުވަހުއެވެ.
