ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މުއިވެޔޮ ބަލިކޮށް ނިއު ސެމީއަށް
ފޮޓޯ: ނިއުރޭޑިއަންޓް އެފްބީ ޕޭޖް

މިހާރު ކުރިއަށްދާ އެފްއޭއެމް ވެޓެރަންސް ކަޕް 2026 ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ޖާގަ ހޯދައިފިއެވެ.

މިއަދު ހަވީރު މުއިވެޔޮ ފުރެންޑްސްއާ ދެކޮޅަށް ނިއުރޭޑިއަންޓް ނުކުތްއިރު މެޗުން މޮޅުވެގެން ނޫން ގޮތަކަށް ސެމީ ފައިނަލުގެ ޖާގައެއް އެ ޓީމަށް ލިބޭކަށް ނެތެވެ.

މެޗު އެއްވަރު ކޮށްލައިގެން ވެސް ސެމީ ފައިނަލުން ޖާގައެއް ލިބެން އޮތް މުއިވެޔޮ ފުރެންޑްސްއިން ޑިފެންސަށް އިސްކަން ދީގެން ކުޅުނުއިރު ނިއުރޭޑިއަންޓުން ކުޅުނީ އެޓޭކިންގް ގޭމެކެވެ.

ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބުނު މި މެޗްގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ދެވަނަ ހާފު ވެސް ފެނުނީ މުއިވެޔޮ ފުރެންޑްސް އަށްވުރެ ބޮޑަށް ނިއުރޭޑިއަންޓުން ލަނޑެއް ޖެހޭތޯ މަސައްކަތްކުރި ތަނެވެ. ނިއުރޭޑިއަންޓުން އުފެއްދި ހަމަލާތައް ހުއްޓުވުމުގައި މުއިވެޔޮ ފުރެންޑްސް ގޯލްކީޕަރު މުހައްމަދު އިމްރާން ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.

މި މެޗުގައި ފެނުނު ހަމައެކަނި ލަނޑު ނިއުރޭޑިއަންޓުން ޖެހީ 53 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މުއިވެޔޮ ފުރެންޑްސް އޭރިޔާ ތެރެއިން އަހްމަދު ނިޔާޒަށް ކީޕަރު އިމްރާން ކުރި ފައުލާއި ގުޅިގެން ލިބުނު ޕެނަލްޓީ ގޯލްގެ ތެރެއަށް ފޮނުވާލީ އަހްމަދު އަޝްފާން އެވެ.

ފޮޓޯ: ނިއުރޭޑިއަންޓް އެފްބީ ޕޭޖް

ނިއުރޭޑިއަންޓްގެ މި ލަނޑަށްފަހު ވެސް، ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށް ލިބުނެވެ. އެގޮތުން ފަހު ވަގުތު ނިޔާޒު ފޮނުވާލި ބާރު ބޯޅައެއް ވެސް ކީޕަރު އިމްރާން ވަނީ ދިފާއުކޮށްފައެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު 7 ޕޮއިންޓް ހަމަކޮށް ނިއުރޭޑިއަންޓު ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލްގެ ޖާގަ ހޯދިއިރު، މި ގުރޫޕްގެ އެއްވަނަ ޓީމަކީ ވިލިމާލެ ޔުނައިޓެޑްއެވެ.

މި މުބާރާތުގެ މެޗެއް މާދަމާ ވެސް އޮންނާނެއެވެ. މި މެޗުގައި ބައްދަލުކުރާނީ ދަ ގްރާންޑޭ އާއި ވިލިމާލެ ޔުނައިޓެޑްއެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top