މި އީ ކެރެމެލް ޕުޑިން އާއި ޗޮކްލެޓް ކޭކުގެ މީރު ރަހަތައް އެކުލެވިގެންވާ، ވަރަށް ތަފާތު މީރު ކޭކެކެވެ. މި ކޭކު ފިހާއިރު، ޕުޑިން އާއި ކޭކުގެ ފަށަލަ އަމިއްލައަށް ބަދަލުވެ، ކޭކުގެ އެންމެ މަތީގައި ކެރަމަލް އަދި އެންމެ ތިރީގައި މަޑު ޗޮކްލެޓް ކޭކުގެ ފަށަލައެއް އުފެދެއެވެ.
މި ރެސިޕީއިން ތައްޔާރުކުރެވޭ މިންވަރު – 8 އާއި 10 މީހުންނަށް
ހޭދަވާނެ ވަގުތު:
ތައްޔާރުކުރުމަށް: 20 މިނެޓް
ފިހުމަށް: 60 މިނެޓް
ފިނިކުރުމަށް: 2 ގަޑިއިރު
ޖުމްލަ ވަގުތު: ގާތްގަނޑަކަށް 3 ގަޑިއިރު
ބޭނުންވާ ތަކެތި:
ކެރަމަލް ތައްޔާރުކުރުމަށް:
¾ ޖޯޑު ހަކުރު
ޕުޑިން ތައްޔާރުކުރުމަށް:
4 ބިސް
1 ދަަޅު ފޮނިކުރި ކިރު (ގާތްގަނޑަކަށް 395 ގްރާމް)
1 ދަޅު އިވެޕޮރޭޓެޑް މިލްކް (ގާތްގަނޑަކަށް 370 މިލިލީޓަރު)
1 ސައިސަމުސާ މުގުރި ފޮނިތޮށި ނުވަތަ ވެނީލާ އެސެންސް
ޗޮކްލެޓް ކޭކް ތައްޔާރުކުރުމަށް:
1 ޖޯޑު ފުށް
¾ ޖޯޑު ހަކުރު
¼ ޖޯޑު ކޯކޯ ޕައުޑަރު
1 ސައިސަމުސާ ބޭކިންގް ޕައުޑަރު
½ ސައިސަމުސާ ބޭކިންގް ސޯޑާ
½ ސައިސަމުސާ ލޮނު
1 ބިސް
½ ޖޯޑު ކިރު
¼ ޖޯޑު ކައްކާ ތެޔޮ
1 ސައިސަމުސާ ވެނީލާ އެސެންސް
½ ޖޯޑު ހޫނު ފެން ނުވަތަ ހޫނު ކޮފީ
ތައްޔާރުކުރާނެ ގޮތް:
1- ކެރަމަލް ތައްޔާރުކުރުން: ކުޑަ ތަވައެއްގައި މަޑު ގިނީގައި ހަކުރުކޮޅު ހޫނުކުރާށެވެ. ހަކުރުތައް ވިރި، ރަން މުށިކުލައެއް އެރުމުން، ކޭކު ފިހަން ބޭނުންކުރާ ތަބަކުގެ ތެރެއަށް އޮއްސާލުމަށްފަހު އެއްވަރަކަށް ފަތުރާލާށެވެ. އަދި ހަރުވަންދެން ބަހައްޓާށެވެ.
2- ޕުޑިން މިކްސްޗަރ ތައްޔާރުކުރުން: މިކްސަރަކަށް ބިސް، ފޮނިކުރި ކިރު، އިވެޕޮރޭޓެޑް މިލްކް އަދި ވެނީލާ އެސެންސް އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ.
3- ކޭކު ފުށްގަނޑު ތައްޔާރުކުރުން: ބޮޑު ތައްޓެއްގައި ފުށް، ހަކުރު، ކޮކޯ ޕައުޑަރު، ބޭކިންގް ޕައުޑަރު، ބޭކިންގް ސޯޑާ އަދި ލޮނު އެއްކޮށްލާށެވެ. އެއަށްފަހު ބިސް، ކިރު، ތެޔޮ އަދި ވެނީލާ އެސެންސް އަޅައި ރަނގަޅަށް އެއްކުރާށެވެ. އެންމެ ފަހުން ހޫނު ފެން ނުވަތަ ކޮފީކޮޅު އަޅައި އޮމާންވަންދެން ގިރާލާށެވެ.
4- ތަބަކަށް އެޅުން: ކުރިން ތައްޔާރުކުރި ކެރަމަލްގެ މައްޗަށް ފުރަތަމަ ޗޮކްލެޓް ކޭކު ފުށްގަނޑު އޮއްސާލާށެވެ. އޭގެ މައްޗަށް މަޑުމަޑުން ޕުޑިން މިކްސްޗަރ އޮއްސާލާށެވެ. (ފިހެވޭއިރު މި ދެބައި ވަކިވާނެތީ، އެކުވި ނަމަވެސް ކަންބޮޑުނުވާށެވެ.)
5- ފިހުން: ކޭކު ތަބަކުގެ މަތީގައި ފޮއިލް އަޅައި ރަނގަޅަށް ބަންދުކުރާށެވެ. ބޮޑު ފިހާ ތަބަކެއްގެ ތެރެއަށް ކޭކު ތަބައް ލުމަށްފަހު، ބޮޑު ތަބަކުގެ ދެބައިކުޅަ އެއްބަޔަށް ހޫނު ފެން އަޅާށެވެ. (ވޯޓަރ ބާތު). 175 ޑިގްރީ ސެލްސިއަސްގައި ގާތްގަނޑަކަށް 60 މިނެޓް ވަންދެން ފިހާށެވެ.
6- ފިނިކުރުން: ކޭކު ފިހެވުމުން އަވަނުން ނެގުމަށްފަހު އެއްކޮށް ފިނިވަންދެން ބަހައްޓާށެވެ. އެއަށްފަހު މަދުވެގެން 2 ގަޑިއިރު ފްރިޖުގައި ބަހައްޓައިގެން ފިނިކުރާށެވެ
7- ތަބަކުން ނެގުމާއި ސާރވްކުރުން: ވަޅިއަކުން ކޭކުގެ އަރިމަތިތައް ނައްޓާލުމަށްފަހު، ކޭކު ތަބަކުގެ މަތީގައި ތަށްޓެއް ބާއްވައި، ފަރުވާތެރިކަމާއެކު ފުށުން ޖަހާލާށެވެ. މަޑުމަޑުން ތަބައް ހިއްލާލުމުން، ކެރަމަލްތައް ކޭކުގެ މައްޗަށް އޮހިގެންދާނެއެވެ.
އިތުރު ލަފައެއް: މި ކޭކު ސާރވް ކުރާއިރު ތާޒާ ބެރީޒް ނުވަތަ ވިޕްޑް ކްރީމްއާ އެކު ބޭނުންކުރުމުން ރަހަ އިތުރަށް ފުރިހަމަވާނެއެވެ.
