ޕާކިސްތާނުގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ކިންޒާ ހާޝިމީއާއި ޢަލީ ރަޒާ ލީޑް ރޯލުން ފެނިގެންދާ ޑްރާމާ ސިލްސިލާ “ލީޑަރ” ދައްކަން ފަށާ ތާރީޚު އިއުލާނުކޮށްފިއެވެ.
ލޯތްބާއި، ބާރާއި އަދި ސިޔާސަތުގެ ވަރުގަދަ ގުޅުންތަކެއްގެ މައްޗަށް ބިނާވެފައިވާ “ލީޑަރ” ގައި ކިންޒާއާއި ޢަލީ ރަޒާގެ އިތުރުން ފަރާން ތާހިރުވެސް ވަރުގަދަ ރޯލަކުން ފެނިގެންދާނެއެވެ.
ކާމިޔާބީއަށް ކުރާ ފޮނި އުންމީދުތަކާއި އަސަރުގަދަ މަންޒަރުތަކުގެ އިތުރުން ދިރިއުޅުމުގައި ނިންމަންޖެހޭ އުނދަގޫ ނިންމުންތައް މި ޑްރާމާގައި ދައްކުވައިދޭއިރު، ބާރާއި ނުފޫޒު ހޯދުމަށް ކުރާ މަސައްކަތްތަކާއި އޭގެ ސަބަބުން ނުކުންނަ ނަތީޖާތައްވެސް މި ޑްރާމާގައި ދައްކުވައިދޭނެއެވެ.
ރަދައިން ޝާހްގެ ސްކްރީންޕްލޭއަކަށް އަސަދު މުމްތާޒް މަލިކް ޑައިރެކްޓްކޮށްފައިވާ “ލީޑަރ” ޕްރޮޑިއުސްކުރީ މޫމިނާ ދުރައިދުގެ އެމްޑީ ޕްރޮޑަކްޝަންސް އިންނެވެ.
މާރިޗު މަހުގެ 28 ވަނަ ދުވަހުގެ ރޭ ހަމް ޓީވީއިން “ލީޑަރ” ދައްކަން ފަށާއިރު އެޕިސޯޑްތައް ގެނެސްދޭނީ ކޮންމެ ހޮނިހިރު އަދި އާދިއްތަ ދުވަހެއްގެ ރޭ 8:00 ގައެވެ. އަދި ޓީވީގެ އިތުރުން ހަމް ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލުންވެސް މި ޑްރާމާގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.
