ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބަންގުލަދޭޝް ފެށީ މޮޅަކުން
ފޮޓޯ ސައުތު އޭޝިއަން ފުޓްބޯޅަ ފެޑަރޭޝަން

ދިވެހިރާއްޖޭގައި މިހާރު ކުރިޔަށްދާ ސާފްގެ 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ބަންގުލަދޭސް ކުޅުނު ފުރަތަމަ މެޗުން އެޓީމު މޮޅުވެއްޖެ އެވެ.

މިއަދު ހަވީރު ޕާކިސްތާނާއި ބަންގުލަދޭޝް ބައްދަލުކުރި މެޗުން ބަންގުލަދޭސް މޮޅުވީ 2-0 އިންނެވެ.

އެންމެފަހުގެ ޗެންޕިއަން ބަންގުލަދޭޝް އާއި ޕާކިސްތާނު މިއަދު ބައްދަލުކުރި މެޗަކީ މި މުބާރާތުގެ ތިންވަނަ މެޗެވެ. މުޅިމެޗްގައި ވެސް މޮޅު ކުޅުމެއް ދެއްކި ބަންގުލަދޭޝްއިން ލަނޑު ޖަހާނެ ފުރުސަތުތައް ފަހިކުރި ނަމަވެސް ފުރަތަމަ ހާފުގައި އެއިން އެއްވެސް ފުރުސަތެއްގެ ބޭނުމެއް ނުހިފުނެވެ. ޑިފެންސަށް ބޮޑު އިސްކަމެއް ދީގެން ކުޅެމުންދިޔަ ޕާކިސްތާނުން ވަނީ ބަންގުލަދޭޝްއިން އުފެއްދި ހަމަލާތައް ހުއްޓުވުމުގައި ކާމިޔާބު ހޯދައިފައެވެ.

ގުރޫޕް ބީގެ މިމެޗަށް ބަންގުލަދޭޝްގެ ވަރަށް ގިނަ ސަޕޯޓަރުންވަނީ ދަނޑަށް ވަދެ ޓީމަށް ސަޕޯޓް ކޮށްފައެވެ.

ދެވަނަ ހާފު ބަންގުލަދޭޝްއިން ފެށީ ފުރަތަމަ ހާފަށްވުރެ ވަރުގަދަ ކޮށެވެ. މެޗްގެ ފުރަތަމަ ލަނޑު ދެ ވަނަ ހާފުގެ ނުވަވަނަ މިނިޓްގައި ބަންގުލަދޭޝްއަށް ޖަހައިދިނީ ސުލިވާން އެވެ. ގޯލްގެ މަތީކަނަށް އަމާޒުކޮށް ސުލިވާން ފޮނުވާލި ހިލޭ ޖެހުން ދިފާއުކުރަން ޕާކިސްތާނު ކީޕަރު މަސައްކަތްކުރި ނަމަވެސް އެކަމުގައި އޭނާއަކަށް ކާމިޔާބެއް ނުލިބުނެވެ.

ނަތީޖާ ހަމަހަމަ ކުރެވޭތޯ މަސައްކަތް ކުރަމުންދިޔަ ޕާކިސްތާނަށް، ލަނޑެއް ކާމިޔާބު ނުކުރެވި އުޅެނިކޮށް ބަންގުލަދޭޝްއިން ވަނީ އެޓީމުގެ ދެވަނަ ލަނޑު ޖަހައިފައެވެ. 67 ވަނަ މިނިޓްގައި ޖެހި މިލަނޑު ވެސް ބަންގުލަދޭޝްއަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ސުލިވާން އެވެ. ބަންގުލަދޭސް ކުޅުންތެރިއަކު އަރިމަތިން ނަގައިދިން ހުރަސް ކޮންޓްރޯލް ކޮށްލުމަށްފަހު ސުލިވާން ގޯލްގެ ތެރެއަށް ފޮނުވާލީ ތިރިތިރިން ގޯލްގެ ކަނަށެވެ.

މިމުބާރާތުގެ މެޗެއް ދެން އޮންނާނީ ބުރާސްފަތި ދުވަހު ހަވީރުއެވެ. މި މެޗްގައި ބައްދަލުކުރާނީ އެންމެފަހުގެ ޗެންޕިއަން އިންޑިޔާ އާއި ޕާކިސްތާނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top