ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަކްޝޭ ކުމާރާއި ޕްރިޔަދަރްޝަންގެ “ހައިވާން” ރިލީޒްކުރާ ތާރީޚާ ގުޅޭ އަދާހަމައެއް ދީފި

“ބޫތު ބަންގްލާ”ގެ ޕްރޮމޯޝަންތައް ކުރިއަށްދާ މި ދަނޑިވަޅުގައި، އަކްޝޭ ކުމާރާއި ޑައިރެކްޓަރު ޕްރިޔަދަރްޝަން ވަނީ އެ ދެ ފަންނާނުންގެ އެހެން ޕްރޮޖެކްޓްތައް ކަމަށްވާ “ހައިވާން” އާއި “ހީރާ ފެރީ 3″އާ ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ.

މީޑިއާއަށް ދިން އިންޓަވިއުއެއްގައި “ހައިވާން” ރިލީޒްކުރާނެ ތާރީޚާ ގުޅޭ ގޮތުން ސުވާލުކުރުމުން ޕްރިޔަދަރްޝަން ބުނީ “ބޫތު ބަންގްލާ ރިލީޒްކުރާތާ ގާތްގަނޑަކަށް 90 ދުވަސް ފަހުން ހައިވާން ރިލީޒްވާނެ” ކަމަށެވެ. އަކްޝޭ ކުމާރު އެ ވާހަކައަށް އިތުރުކޮށް ބުނީ “އޮގަސްޓް ހިސާބުގައި” ކަމަށެވެ.

“ހައިވާން” އަކީ ގްރިޓީ އެކްޝަން ތްރިލާ ފިލްމެކެވެ. މި ފިލްމުގައި އަކްޝޭ ކުމާރު ފެނިގެންދާނީ ނެގެޓިވް ރޯލަކުންނެވެ. ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ސައިފް ޢަލީ ޚާނެވެ. މި ފިލްމުގެ ޝޫޓިންގ މިހާރު ވަނީ ނިމިފައެވެ. ޕްރިޔަދަރްޝަންގެ ފެވަރިޓް މޯހަންލާލް ވެސް މި ފިލްމުން ކުޑަކުޑަ ރޯލަކުން ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

“ހެރާ ފެރީ 3″އާ ގުޅޭ ގޮތުން ސުވާލުކުރުމުން ދެ ފަންނާނުން ވެސް ބުނީ އެ ފިލްމާ ގުޅޭ އެއްވެސް މަޢުލޫމާތެއް އެ މީހުންނަށް ނޭނގޭ ކަމަށެވެ. ހެރާ ފެރީ ފްރެންޗައިޒްގެ މިލްކުވެރިކަމާ ގުޅޭ ގޮތުން ފީރޯޒް ނަދިއާދްވާލާ އާއި ވިޖޭ ކުމާރާ ދެމެދު ޤާނޫނީ މައްސަލައެއް މިހާރު ކުރިއަށް އެބަދެއެވެ. ވިޖޭ ކުމާރު ސިންގް ޕިންކްވިލާ އަށް ބުނެފައިވާ ގޮތުގައި އައިޕީ ރައިޓްސް އޮތީ އޭނާ އަތުގައި ކަމަށާއި، ފީރޯޒް މަސައްކަތް ކުރަނީ އެ ރައިޓްސް ތިންވަނަ ފަރާތަކަށް ވިއްކާލަން ކަމަށެވެ. އޭނާ ބުނީ އަކްޝޭ ކުމާރާއި ޕަރޭޝް ރާވަލް އަދި ސުނީލް ޝެޓީ ހިމަނައިގެން ހެރާ ފެރީ 3 ހަދަން އުންމީދުކުރާ ކަމަށެވެ.

ބޫތު ބަންގްލާ ސިނަމާތަކަށް އަންނާނީ 10 އެޕްރީލް 2026 ގައެވެ. މިއީ 2010 ގައި ރިލީޒްކުރި ކައްޓާ މީޓާ އަށް ފަހު ދިހަ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން އަކްޝޭ ކުމާރާއި ޕްރިޔަދަރްޝަން އެކުގައި ގެނެސްދޭ ފުރަތަމަ ފިލްމެވެ. ބަލާޖީ މޯޝަން ޕިކްޗާޒް އިން ޕްރޮޑިއުސްކުރާ މި ހޮރާ ކޮމެޑީ ފިލްމުގެ ކާސްޓުގައި ވާމީކާ ގައްބީ، ތައްބޫ، ޕަރޭޝް ރާވަލް، ރާޖްޕާލް ޔާދަވް، ޖިއްޝޫ ސެންގުޕްތާ، މަނޯޖް ޖޯޝީ، މިތިލާ ޕަލްކާ އަދި ރާޖޭޝް ޝަރްމާ ހިމެނެއެވެ. މިއީ ބޫލް ބުލައްޔާ އަށް ފަހު ޕްރިޔަދަރްޝަންގެ ދެވަނަ ހޮރާ ފިލްމެވެ. އަދި އަކްޝޭ ކުމާރާ އެކު ކުރާ ހަތްވަނަ ފިލްމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top