ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކަންގަނާގެ “ކުއީން” ގެ ދެވަނަ ބައެއް ހަދަނީ

ބޮލީވުޑް އެކްޓްރެސް އަދި އިންޑިއާގެ މަޖިލިސް މެމްބަރު ކަންގަނާ ރަނައުތުގެ މަޝްހޫރު ފިލްމު “ކުއީން” ގެ ދެވަނަ ބައެއް ހަދަން އުޅޭކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޓައިމްސް އޮފް އިންޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފުރަތަމަ ފިލްމާއި ޚިލާފަށް ދެވަނަ ފިލްމުގައި ދައްކާނީ ކަންގަނާ އަމިއްލަ ނަފްސު ހޯދުމަށް އިންޑިއާގެ އެކި ސިޓީތަކަށް ކުރާ ދަތުރެކެވެ. އަދި މި ފިލްމުގައި ކަންގަނާ ފިޔަވައި ފުރަތަމަ ބައިގެ އެއްވެސް އެކްޓަރަކު ނޫޅޭނެ ކަމަށާއި ފިލްމުގެ ސަޕޯޓިން ރޯލުތަކަށް އާ މޫނުތަކެއް، ޚާއްސަކޮށް ތިއޭޓާ އެކްޓަރުން ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށްވެސް އެ ރިޕޯޓުގައި ވެއެވެ.

މި ހިނގާ އޭޕްރިލް މަހުގެ ފަހުކޮޅު “ކުއީން 2” ގެ ޝޫޓިން ފަށަން ތާވަލުކޮށްފައިވާއިރު، ޝޫޓިން ފަށާނީ މުމްބާއީގެ ސްޓޫޑިއޯއެއްގައި ކަމަށް ވެއެވެ. އަދި އެއަށްފަހު އިންޑިއާގެ ބޮޑެތި އެހެން ސިޓީތަކުގައި ޝޫޓްކޮށް، ތިން މަސްދުވަހުގެ ތެރޭގައި ޝޫޓިން އެއްކޮށް ނިންމާލުމަށް ރާވާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

“ކުއީން 2” ޑައިރެކްޓްކުރަނީ މީގެ 12 އަހަރު ކުރިން 2014 ވަނަ އަހަރު ފުރަތަމަ ފިލްމުވެސް ގެނެސްދިން ވިކާސް ބާލް އެވެ. ފިލްމުގެ ސްކްރީންޕްލޭ ވެސް އޭނާ ލިޔެފައިވާއިރު، ފިލްމު އުފައްދާނީ ވިކާސް ބާލްގެ އަމިއްލަ ބެނާގެ ދަށުންނެވެ.

ކަންގަނާ އެންމެ ފަހުން ކުޅުނު ފިލްމަކީ އޭނާ ޑައިރެކްޓްކޮށް، ދެ އަހަރެއްހާ ދުވަހުގެ ބޮޑު ޑިލޭއަކަށް ފަހު މިދިޔަ އަހަރު ރިލީޒްކުރި “އިމަޖެންސީ” އެވެ. މި ފިލްމަކީ ބޮކްސް އޮފީހާއި ކްރިޓިކުންގެ މެދުގައި ވެސް ބޮޑުތަނުން ނާކާމިޔާބުވި ފިލްމެކެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top