ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރެމޯ މިފަހަރުވެސް ހަދަނީ ޑާންސް ފިލްމެއް

ބޮލީވުޑްގެ މަޝްހޫރު ކޮރިއޯގްރާފަރު އަދި ޑައިރެކްޓަރު ރެމޯ ޑި’ސޫޒާ އޭނާ އާ ފިލްމުގެ މަސައްކަތް ފަށައިފިއެވެ.

މިފަހަރު ވެސް ރެމޯ ގެނެސްދެނީ ޑާންސް ފިލްމެއް ކަމަށާއި ރެމޯ އާއި އޭނާގެ ޓީމުން ވަނީ ފިލްމަށް ރަނގަޅު ޚިޔާލެއް ހޯދައި، ސްކްރީންޕްލޭ ލިޔުމުގެ މަސައްކަތް ފަށާފައިކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އޭނާ އެންމެ ފަހުން ހެދި ޑާންސް ފިލްމެއް ހެދި ފަހުން ބެލުންތެރިންގެ ރަހަތަކާއި ތަފާތު ނެށުމުގެ ވައްތަރުތަކަށް ހޭލުންތެރިވުން ބަދަލުވެފައިވާކަން ރެމޯ ދެނެގަނެ، ޖެން ޒީ އާއި ޖެން އަލްފާ ބެލުންތެރިންނަށް އަމާޒުކޮށް މި ފިލްމު ތަސައްވުރު ކުރަމުން އަންނަކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މި ފިލްމަކީ “އޭބީސީޑީ” ގެ ތިންވަނަ ބަޔަށް ވެދާނެކަމަށް ރިޕޯޓްތައް ބުނާއިރު “އޭބީސީޑީ” ގެ ފުރަތަމަ ފިލްމުގެ ކެރެކްޓާތައް މި ފިލްމުގައި އެނބުރި އައުން އެކަށީގެންވާކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ކޮރިއޯގްރާފަރެއްގެ ގޮތުގައި 2000 ވަނަ އަހަރު ފިލްމީ ދާއިރާއަށް ނުކުމެ ބޮޑު މަޤުބޫލުކަމެއް ހޯދުމަށްފަހު 2011 ވަނަ އަހަރު ކޮމެޑީ ފިލްމު “ފާލްތޫ” ފިލްމުން އޭނާ ވަނީ ޑައިރެކްޝަނަށް ނުކުމެފައެވެ. އަދި އޭގެ ފަހުން އޭނާ ވަނީ “އޭބީސީޑީ”، “އޭބީސީޑީ 2” އަދި “ރޭސް 3” ފަދަ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައެވެ. އޭނާ އެންމެ ފަހުން ޑައިރެކްޓްކޮށް ގެނެސްދިނީ މިދިޔަ 2025 ވަނަ އަހަރު އެމެޒޯން ޕްރައިމް ވީޑިއޯގައި ރިލީޒްކުރި ޑާންސް ޑްރާމާ ފިލްމު “ބީ ހެޕީ” އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top