ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މި ހަފުތާގައި ސިނަމާތަކަށާއި އޯޓީޓީއަށް ރިލީޒްކުރާ ހިންދީ ދެ ފިލްމު

– އަދިވި ސޭޝް އާއި މްރިއުނާލް ތާކޫރުގެ ‘ޑެކޮއިޓް’ އަދި ޝަނާޔާ އާއި އަދަރްޝްގެ ‘ތޫ ޔާ މޭން’

މްރިއުނާލް ތާކޫރު އާއި އަދިވި ސޭޝްގެ ތުރިލާ ފިލްމު ‘ޑެކޮއިޓް’ މި ހަފުތާގައި ސިނަމާތަކުގައި ދައްކަން ފަށާނެއެވެ. މީގެ އިތުރުން، އަދަރްޝް ގޯރަވް އާއި ޝަނާޔާ ކަޕޫރުގެ ސަވައިވަލް ތުރިލާ ‘ތޫ ޔާ މޭނ’ އޯ.ޓީ.ޓީ ޕްލެޓްފޯމްތަކަށް ރިލީޒްކުރާނެއެވެ.

2026 އޭޕްރީލް މަހަކީ ފިލްމީ ދާއިރާއަށް އުއްމީދީ މަހަކަށް ވެގެންދާނެއެވެ. ކޮންމެ ހަފުތާއަކުވެސް ސިނަމާގެ ބޮޑުސްކްރީނުން ބަލާލެވޭނެ ފިލްމުތަކެއް އަންނަނީ ރިލީޒްވަމުންނެވެ. މި މަހުގެ ދެވަނަ ހަފުތާގައި ޝަނާޔާ ކަޕޫރު އާއި އަދަރްޝް ގޯރަވްގެ ‘ތޫ ޔާ މޭން’ އޯ.ޓީ.ޓީ އަށް އަންނައިރު، ސިނަމާތަކަށް ރިލީޒްކުރާނީ އަދިވި ސޭޝް، މްރިއުނާލް ތާކޫރު، އަނޫރާގް ކަޝްޔަޕް އަދި ޝަނީލްގެ ‘ޑެކޮއިޓް’ އެވެ. މި ފިލްމުތަކުގެ ތަފުސީލު ތިރީގައި އެވަނީއެވެ.

މި ހަފުތާގައި ރިލީޒްކުރާ ހިންދީ ފިލްމުތައް:

1- ތޫ ޔާ މޭނ
މުހިންމު ތަރިން: އަދަރްޝް ގޯރަވް، ޝަނާޔާ ކަޕޫރު، މަހީމާ ޖޯޝީ، ޕާރުލް ގުލާޓީ، ސަންޖޭ އައްޕަން، އަޝޯކް ކަންގޫޅޭ، ކްޝިތީ ޖޯގް، ރާޖްސީ ކިންޖަލަސްކަރް، އަމްރުތާ ސްރީނިވަސަން.
ޑައިރެކްޓަރު: ބިޖޯއީ ނަމްބިއާރް
ބާވަތް: ސަވައިވަލް ތުރިލާ
ރިލީޒްކުރާ ތާރީޚު: 10 އޭޕްރީލް 2026
ބަލާލެވޭނެ ތަން: ނެޓްފްލިކްސް

ފިލްމު އުފެއްދުންތެރިޔާ ބިޖޯއީ ނަމްބިއާރް ބޮލީވުޑްގެ ދެ ޒުވާން ތަރިންނާއެކު އުފައްދާފައިވާ މި ސަވައިވަލް ތުރިލާ ފިލްމަކީ 2026 ފެބްރުއަރީ މަހު ސިނަމާތަކުގައި ދެއްކުމަށްފަހު، މިހާރު ސްޓްރީމިންގ ޕްލެޓްފޯމަށް އަންނަ ފިލްމެކެވެ. އާނަންދު އެލް. ރާއީ، ހިމަންޝޫ ޝަރްމާ، ވިނޯދު ބަނޫޝާލީ އަދި ކަމްލޭޝް ބަނޫޝާލީ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަކީ 2018 ވަނަ އަހަރު ނުކުތް ތައިލެންޑްގެ ފިލްމު ‘ދަ ޕޫލް’ ގެ ރީމޭކެކެވެ.

2- ޑެކޮއިޓް
މުހިންމު ތަރިން: އަދިވި ސޭޝް، މްރިއުނާލް ތާކޫރު، އަނޫރާގް ކަޝްޔަޕް، ޕްރަކާޝް ރާޖް، ސުނިލް، އަތުލް ކުލްކަރްނީ، ޒޭން މާރީ ޚާން، ކަމާކްޝީ ބަސްކަރްލާ.
ޑައިރެކްޓަރު: ޝަނީލް ދިއޯ
ބާވަތް: ޑްރާމާ، ތުރިލާ، އެކްޝަން
ރިލީޒްކުރާ ތާރީޚު: 10 އޭޕްރީލް 2026

 

‘ޑެކޮއިޓް’ އަކީ މި ހަފުތާގައި ސިނަމާތަކަށް އަންނަ ތެލެގޫ އަދި ހިންދީ ބަހުން އުފައްދާފައިވާ ފިލްމެކެވެ. އެކްޝަނާއި، ޑްރާމާ އަދި ތުރިލް ހިމެނޭ މި ފިލްމުގައި ދައްކުވައިދެނީ އުޖާލާ މުސްތަޤްބަލަކަށް އުންމީދުކޮށްގެން އުޅޭ ދެ ލޯބިވެރިން ކަމަށްވާ ހަރީ އާއި ޖޫލިއެޓްގެ ވާހަކައެވެ. ނަމަވެސް، ލޯބިވެރިޔާގެ ސަބަބުން ހިތްހަލާކުވެ، ހަރީ ޖަލަށް ދާންޖެހުމުން ކަންތައްތައް ގޯސްވެގެންދެއެވެ.

ރުޅިވެރިކަމާއެކު ހަރީ މަސައްކަތް ކުރަނީ އޭނާގެ ބަދަލުހިފުމަށްފަހު އަލުން އާންމު ދިރިއުޅުމަކަށް ރުޖޫޢަވުމަށެވެ. މި ފިލްމުގެ ޝައުޤުވެރި ވާހަކައާއި ތަރިންގެ މޮޅު ހުނަރުގެ ސަބަބުން، މިއީ ސިނަމާގެ ބޮޑުސްކްރީނުން ބަލާލަން ރަނގަޅު ފިލްމަކަށް ވާނެކަން ކަށަވަރެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top