ނަޓެއްލާ ފްރެންޗް ޓޯސްޓަކީ އޭގެ މީރު ރަހަތަކާއެކު ސްކޫލް ކުދިންގެ ހެނދުނުގެ ނާސްތާއަށް ނުވަތަ މެންދުރުގެ ކެއުމަށް ވަރަށް ފުރިހަމަ އެއްޗެކެވެ. ރަންކުލަ އަރާފައިވާ ފްރެންޗް ޓޯސްޓް ފޮތިތަކުގެ ދެމެދުގައި ހުންނަ ކްރީމީ ނަޓެއްލާގެ ސަބަބުން ދަރިވަރުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެއެވެ.
ތައްޔާރުކޮށްލަން ހޭދަވާނެ ވަގުތު: 15 މިނެޓް
ތައްޔާރުކުރެވޭނެ މިންވަރު: 8 ފޮތި
ބޭނުންވާ ތަކެތި:
8 ފޮތި ޕާން
¼ ކޯން ސްޓާޗް
1 ޖޯޑު ސްކިމްޑް މިލްކް
1 ސައިސަމުސާ ވެނީލާ އެސެންސް
½ ސައިސަމުސާ ބޭކިން ޕައުޑަރު
1 ސައިސަމުސާ ފްލެކްސް ސީޑް (މުގުރާފައި)
3 މޭޒުމަތީ ސަމުސާ ކާށިތެޔޮ ނުވަތަ ބަޓަރު
120 ގްރާމް ނަޓެއްލާ
¼ ޖޯޑު މޭވާ (ތަފާތު ވައްތަރުގެ)
ތައްޔާރުކުރާނެ ގޮތް:
1 – ފުން ނޫން ފުޅާ ތަށްޓެއްގައި ކިރު، ކޯންސްޓާޗް، ފްލެކްސް ސީޑްސް، ބޭކިން ޕައުޑަރު އަދި ވެނީލާ އެސެންސް އެއްކޮށްލާށެވެ.
2 – ތަވައަކަށް ބަޓަރު އަޅައި މެދު ގިނީގައި ވިރުވާލާށެވެ.
3 – ޕާން ފޮތިތައް މި މިކްސްޗަރުގެ ތެރެއަށް ލުމުގެ ކުރިން އަނެއްކާވެސް އެއްކޮށްލާށެވެ. އެއީ ކޯންސްޓާޗް ތަށީގެ ފުލުގައި ހަރުލާފައި ހުރެދާނެތީއެވެ.
4 – ޕާން ފޮތީގެ ކޮންމެ ފަރާތެއް މިކްސްޗަރުގެ ތެރެއަށް ލައި 10 ސިކުންތު ވަންދެން ފޯކޮށްލަން ބާއްވާށެވެ. އެއަށްފަހު ތަވައަށް ލައިގެން ކޮންމެ ފަރާތެއް ރަންކުލަ އަރާވަރަށް 2-3 މިނެޓު ވަންދެން ފިހެލާށެވެ.
5 – ޕާން ފޮތިތައް ފިހަމުންދާއިރު ބޭނުންވާވަރަށް ބަޓަރު އިތުރުކުރަމުން ގެންދާށެވެ.
6 – ތައްޔާރުވުމުން ނަޓެއްލާ އާއި ތާޒާ މޭވާއާއެކު ސާވް ކުރާށެވެ. އިތުރަށް ފުރިހަމަކޮށްލުމަށްޓަކައި ބެރީ ސްމޫތީއެއްވެސް މިއާއެކު ބޭނުންކުރެވިދާނެއެވެ.
