ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މަދޫބާލާގެ ރޯލަށް ސާރާ
ފޮޓޯ: ދަ ފްރީ ޕްލަސް ޖާނަލް

ބޮލީވުޑްގެ ލެޖެންޑް މަދޫބާލާގެ ބަޔޮޕިކްގެ ލީޑް ރޯލަށް “ދުރަންދަރު”ގެ ތަރި ސާރާ އަރްޖުން ހަމަޖައްސައިފިއެވެ.

ހިންދީ ސިނަމާގެ ރަންޒަމާނުގެ ވާހަކަ ކިޔައިދޭ މި ފިލްމު މިހާރު އޮތީ ޕްރީ ޕްރޮޑަކްޝަން މަރުހަލާގައި ކަމަށާއި، ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ފަހުކޮޅުކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މި ފިލްމަކީ ބެލުންތެރިން ޝައުޤުވެރިވާނެ ފެންވަރު ރަނގަޅު މަސައްކަތަކަށް ވާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ފިލްމާއި ބެހޭ މާގިނަ ވާހަކަތަކެއް އަދި އާންމުކޮށްފައި ނުވި ނަމަވެސް މި ފިލްމު ޑައިރެކްޓްކުރާނީ “ޑާލިންގްސް” އިން މަޝްހޫރުކަން ހޯދި ޑައިރެކްޓަރު ޖެސްމީތު ކޭ ރީން ކަމަށާއި، ޕްރޮޑިއުސްކުރާނީ ރީތި އަދި މޮޅު ފިލްމުތަކެއް ގެނެސްދީފައިވާ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ކަމަށް ފިލްމާއި ގާތް ފަރާތްތަކާ ހަވާލާދީ ޕިންކްވިލާއިން ރިޕޯޓްކޮށްފައިވެއެވެ. މި ފިލްމު ފަރުމާކޮށްފައިވަނީ ވަރުގަދަ ޑްރާމާއެއް ގޮތުގައި ކަމަށާއި މަދޫބާލާގެ އާދަޔާ ޚިލާފު އެހެނަސް ހިތާމަވެރި ދިރިއުޅުމަށް ދެވޭ ފުން ހަނދާނީ ފިލްމެއް ކަމަށް ވެސް ޕިންކްވިލާއިން ރިޕޯޓްކޮށްފައިވެއެވެ.

1950 ގެ އަހަރުތަކުގައި އިންޑިއާގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ ތަރިންގެ ތެރޭގައި ހިމެނޭ މަދޫބާލާ ވަނީ ވިހި އަހަރުގެ ދިގު ކެރިއަރެއްގައި 70 އަށްވުރެ ގިނަ ފިލްމުގައި މަސައްކަތްކޮށްފައެވެ. އޭނާގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި “ނީލް ކަމަލް”، “މެހެލް”، “ބާދަލް”، “ބަރްސާތު ކި ރާތު”، އަދި “މުޣަލޭ އަޒަމް” ހިމެނެއެވެ. އޭނާ ނިޔާވިތާ އެތައް އަހަރެއް ފާއިތުވީ ނަމަވެސް، ބޮލީވުޑްގެ “ޓައިމްލެސް އައިކޮން”އެއްގެ ގޮތުގައި މިހާރުވެސް ފާހަގަކުރެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top