ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ދުރަންދަރް 2 ” އާ ދެކޮޅަށް ކޮޕީރައިޓް މައްސަލައެއް

“ދުރަންދަރް 2” ގެ ލަވައެއްގެ ކޮޕީރައިޓް މައްސަލަ ފެންމަތިވެއްޖެއެވެ.

ދިއްލީ ހައި ކޯޓަށް މި މައްސަލަ ހުށަހެޅީ ތުރިމޫރްތީ ފިލްމްސް އިންނެވެ. އެ ކުންފުނިން ތުހުމަތުކުރާ ގޮތުގައި، އަދިތުޔާ ދާރްގެ “ދުރަންދަރް 2” ގައި ހިމެނޭ “ރަންގް ދޭ ލާލް (އޯޔޭ އޯޔޭ)” ލަވައަކީ 1989 ވަނަ އަހަރުގެ ފިލްމު “ތުރިދޭވް” ގެ މަޝްހޫރު ލަވަ “ތިރްޗީ ޓޯޕީވާލާ”ގެ މިއުޒިކް، އެއްވެސް ލައިސަންސެއް ނުވަތަ ހުއްދައެއް ނެތި ބޭނުންކޮށްފައިވާ ލަވައެކެވެ. އެ ލަވަ ސިނަމާތަކުގައި ދެއްކުމާއި، ޕްރޮމޯޝަންތަކާއި، ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ވިޔަފާރީގެ ބޭނުމަށް ބޭނުންކޮށްފައިވާ ކަމަށް ވެސް ތުރިމޫރްތީ ފިލްމްސް އިން ބުނެއެވެ. އެ ކުންފުނިން ދެކޭ ގޮތުގައި މިއީ ކޮޕީރައިޓް ޤާނޫނާ ޚިލާފު ކަމެކެވެ. ދިފާޢީ ފަރާތުން ވަނީ މި ތުހުމަތުކޮށް ދޮގުކޮށް، މީގެ ކުރިން ވެސް އެ ފަދަ ލަވަތައް އެއްވެސް އިއުތިރާޒެއް ނެތި ބޭނުންކޮށްފައިވާ ކަމަށް ފާހަގަކޮށްފައެވެ.

ފަނޑިޔާރު ތުޝާރް ރާއޯ ގޭދޭލާ ފާހަގަކުރެއްވި ގޮތުގައި މި މައްސަލައަކީ މައިގަނޑު ގޮތެއްގައި ފައިސާގެ ކަމެއް ކަމަށް ބެލެވެއެވެ. ރޯޔަލްޓީ އާއި ބަދަލު ދިނުން ފަދަ ކަންކަން ދިގު، ކޯޓް މައްސަލައެއްގެ ބަދަލުގައި މަޝްވަރާ މެދުވެރިކޮށް ހައްލުކުރެވިދާނެ ކަމަށް ކޯޓުން އިޝާރާތްކުރެއްވިއެވެ. އެގޮތުން ސީނިއާ މީޑިއޭޓަރެއް ހަމަޖެއްސުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފިލްމު މިހާރުވެސް ސިނަމާތަކުގައި ދައްކަމުންދާއިރު، ޤާނޫނީ މައްސަލައިގެ ސަބަބުން ފިލްމު ދެއްކުމަށް ހުރަސް އެޅޭނެ ކަމަކަށް ނުބެލެވެއެވެ. ނަމަވެސް ފިލްމުގެ ޑިޖިޓަލް ރިލީޒް، މެއި މަހުގެ މެދުތެރެއާ ހަމައަށް ލަސްވާނެކަމަށް ބެލެވޭއިރު، މީޑިއޭޝަންގެ ނަތީޖާ އެ ރިލީޒަށް ވެސް އަސަރުކޮށްފާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top