ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މި ހަފުތާގައި ސިނަމާތަކަށް އަންނަން ހުރި އިނގިރޭސި 3 ފިލްމު
ޔޫ، މީ އެންޑް ޓަސްކަނީގެ މަންޒަރެއް

މި ހަފުތާގައި ސިނަމާތަކަށް އަންނަން ހުރި އިނގިރޭސި ފިލްމުތަކުގެ ތަފުސީލު ތިރީގައި އެވަނީއެވެ.

1- މާރމެއިޑް

ފްލޮރިޑާއަށް ނިސްބަތްވާ ޑަގް ނަމަކަށް ކިޔާ މީހަކަށް، އަމިއްލަ ދިރިއުޅުމުގެ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލަމުންދަނިކޮށް، އަނިޔާވެފައިވާ މާރމެއިޑެއް ފެނެއެވެ. އޭނާ އެ ސޫފި ސަލާމަތްކޮށްގެން ގެންގޮސް ފަރުވާދީ ބަލަހައްޓަމުންދާއިރު، އެކަމާ ގުޅިގެން މީސްތަކުންގެ މެދުގައި ފެތުރެމުންދާ ތަފާތު އަޑުތަކާއި ހަގީގަތާ ހިލާފު ވާހަކަތަކާ އޭނާއަށް ކުރިމަތިލާން މަޖުބޫރުވެއެވެ.

 

* ތަރިން: ކެވިން ނީލަން، ކާކް ފޮކްސް، ޓޮމް އާނޯލްޑް، ޑެވިން މެކްޑޮވަލް، ޖޫލިއާ ވެލެންޓައިން ލާސަން، ރޮބަޓް ޕެޓްރިކް، ކެވިން ޑަން

* ޑައިރެކްޓަރު: ޓައިލަރ ކޯނެކް

* ބަސް: އިނގިރޭސި

* ބާވަތް: އެކްޝަން، ކޮމެޑީ، ހޮރަރ، ތުރިލާ

* ރިލީޒްކުރާ ތާރީޚު: 8 އޭޕްރީލް 2026

2- ޔޫ، މީ އެންޑް ޓަސްކަނީ

އިޓަލީގެ ރީތި މާހައުލަކަށް ބިނާކޮށްފައިވާ މި ފިލްމަކީ، ކެއްކުމުގެ ދާއިރާއަށް އަލަށް ނުކުމެ އުޅޭ އެނާ ނަމަކަށް ކިޔާ އަންހެން ކުއްޖެއްގެ ވާހަކައެވެ. އޭނާ ޓަސްކަނީގައި ހުރި ފަޅު ވިލާއެއްގައި ދިރިއުޅެން ނިންމުމުން، އެ ގޭގެ ވެރިފަރާތުގެ ތިމާގެ މީހެއް ކަމަށްވާ މައިކަލްއާ ބައްދަލުވެއެވެ. މި ބައްދަލުވުމާއެކު، އޮޅުވާލުމާއި މަކަރާއި ހީލަތުގެ ބޮޑު ސިލްސިލާއެއް ފެށިގެންދެއެވެ.

 

* ތަރިން: ހެލީ ބެއިލީ، ރެޖޭ-ޖީން ޕޭޖް، ލޮރެންޒޯ ޑި މޫރު، އިޒަބެލާ ފެރާރީ، އަޒީޒާ ސްކޮޓް، މާކޯ ކަލްވާނީ، ނިއާ ވަރްޑަލޯސް

* ޑައިރެކްޓަރު: ކެޓް ކޮއިރޯ

* ބަސް: އިނގިރޭސި

* ބާވަތް: ރޮމޭންޓިކް، ކޮމެޑީ

* ރިލީޒްކުރާ ތާރީޚު: 10 އޭޕްރީލް 2026

3. ހެމްލެޓް

ވިލިއަމް ޝޭކްސްޕިއަރގެ މަޝްހޫރު “ހެމްލެޓް” ގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމު ފެނިގެންދާނީ މި ޒަމާނުގެ ލަންޑަނުގެ މާހައުލުގައެވެ. ބައްޕަ ނިޔާވުމާ ގުޅިގެން ޕްރިންސް ހެމްލެޓަށް ކުރިމަތިވާ ނަފްސާނީ އަދި އިޖުތިމާއީ މައްސަލަތަކުގެ އިތުރުން، އޭނާގެ އާއިލާގެ ތެރޭގައި އޮތް ކޮރަޕްޝަނާއި ފަސާދައިގެ ހަގީގަތްތައް ހާމަވެގެންދެއެވެ. އަދި އޭނާ ލަންޑަނުގެ ކުށްވެރިންގެ ބާރު އޮންނަ ސަރަހައްދުތަކުގައި ހިންގާ ހަރަކާތްތައް މި ފިލްމުން ފެނިގެންދާނެއެވެ.

 

* ތަރިން: ރިޒް އަހުމަދު، މޯފިޑް ކްލާކް، ޖޯ އެލްވިން، ޝީބާ ޗައްޑާ، އަވިޖިތު ދަތު، އާޓް މާލިކް، ޓިމޮތީ ސްޕޯލް

* ޑައިރެކްޓަރު: އަނީލް ކާރިއާ

* ބަސް: އިނގިރޭސި

* ބާވަތް: ޑްރާމާ

* ރިލީޒްކުރާ ތާރީޚު: 10 އޭޕްރީލް 2026

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top