ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވަރުން ދަވަންގެ “ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ” ގެ ޓީޒާ އެޕްރީލް 13 ގައި

ވަރުން ދަވަން ލީޑް ރޯލުން ފެނިގެންދާ ފިލްމު “ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ”ގެ ފުރަތަމަ ޓީޒާ އެޕްރީލް 13 ވާ ހޯމަ ދުވަހު ރިލީޒްކުރާނެ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ޓީޒާ އަކީ އެއް މިނެޓުގެ ކުރު އެނައުންސްމަންޓް ވީޑިއޯ އެކެވެ. ޑޭވިޑް ދަވަންގެ ސިގްނޭޗާ ސްޓައިލުގައި ތައްޔާރުކުރެވިފައިވާ މި ޓީޒާގައި ކުލަގަދަ މަންޒަރުތަކާއި ފޯރިގަދަ މިއުޒިކާއި ނޮސްޓެލްޖިއާގެ ގިނަ އެލެމެންޓުތައް ހިމެނޭނެއެވެ. ޓީޒާގައި ލީޑް ބަތަލާއިން ކަމަށްވާ ޕޫޖާ ހޭގްޅޭ އާއި މުރުނާލް ޓާކޫރް ވެސް ފެނިގެންދާނެ ކަމަށާއި ފިލްމު ރިލީޒް ތާރީޚު ވެސް އިއުލާނުކުރެވޭނެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޓީޒާގައި ނޮސްޓެލްޖިއާގެ އިހުސާސް ވަރަށް ގަދައެވެ. އެހެން ނަމަވެސް ޒަމާނީ ގޮތްތަކެއް ވެސް ހިމެނެއެވެ. އަދި ޑޭވިޑް ދަވަންގެ ކްލެސިކް ކޮމެޑީ ސްޓައިލް ވެސް ފެނިގެންދެއެވެ. ހުރިހާ ޕްލެޓްފޯމެއްގައި އެއް ވަގުތެއްގައި މި ޓީޒާ ރިލީޒްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ ރަމޭޝް ތައުރާނީގެ ޓިޕް އެންޓަޓެއިންމަންޓުންނެވެ. ފިލްމު ސިނަމާތަކުގައި އެޅުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top