އެ އަޑެއް އިވުމުން ދިވެހީންގެ ހިތްތަކަށް ޚާއްޞަ އުފާވެރިކަމެއް ގެނެސްދޭ އަޑުގެވެރިޔާ ޢަލީ ރަމީޒުގެ އައު މަދަހަ މިއަދު ރިލީޒްކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲގެ ހުނަރުވެރި ޅެންވެރިކަން އެކުލެވޭ “ލައްވާށި ޞަލަވާތާ ސަލާމް” މަދަހަ އަކީ ދުވަސްތަކެއް ފަހުން ޢަލީ ރަމީޒުގެ އަޑުން އިވިގެންދާ ހިތްގައިމު މަދަހައެކެވެ،
މި މަދަހައިގެ ކޯރަސް ކިޔާފައިވަނީ އިބްރާހީމް ޒައިދު ޢަލީ، މުޙައްމަދު ޢަބްދުލް ޣަނީ، ޢަބްދުﷲ މިއުޝާދު، ޢަބްދުﷲ ނާޝިފް އެވެ. މިއީ އިބްރާހީމް ޒައިދު ޢަލީ ހަދާފައިވާ އަމިއްލަ ރާގެކެވެ. ރެކޯޑިން އަދި މިކްސިން ހެދީ ޓޮނިކް ލައިވް ސްޓޫޑިއޯގައެވެ.
ކިޔުންތެރިންގެ ޚިޔާލު
