އާފަލަކީ ހަށިގަނޑަށް ނުހަނު ފައިދާހުރި މޭވާއަކަށް ވާއިރު، އާފަލު ބޭނުންކޮށްގެން ކޭކެއް އަޅައިލުން ކިހިނެތްވާނެ ހެއްޔެވެ؟ މުނިއަވަސް ރަހަފަތުގައި މިއަދު މި ގެނެސްދެނީ އާފަލު ކޭކް ތައްޔާރުކޮށްލާނެ ފަސޭހަ ރަހަފަތެކެވެ.

ބޭނުންވާ ތަކެތި:

– 1 ޕެކެޓް ކޭކް މިކްސް (ބޭނުން ފްލެވަރ އެއް)

– 3 ބިސް

– 3 އާފަލު ތުނިކޮށް ކޮށާފައި

– 3/4 ޖޯޑު ހަކުރު (ބްރައުން)

– 1 ސަމުސާ ފުށް

– 1 ސަމުސާ ބަޓަރު

– 1 ސައިސަމުސާ ފޮނިތޮށި

– 1 ޖޯޑު ވޯލްނަޓްސް (ކޮށާފައި)

ތައްޔާރުކުރާނެ ގޮތް

1- ފުރަތަމަ 175 ޑިގްރީއަށް އަވަން ހޫނުކޮށްލުމަށްފަހު ޓްރޭގައި ތެޔޮ ނުވަތަ މާޖިރީން އުނގުޅާލާށެވެ. ކުޑަ ފުށްކޮޅެއް ޓްރޭގެ ތެރެއަށް ވިއްސާލާށެވެ.

2- ކޭކް މިކްސް، ބިސް އަދި އާފަލު ފޮތިތައް އެއްކޮށްލާށެވެ. ދެން ޓްރޭގައި ރަނގަޅަށް ފަތުރާލާށެވެ.

3- އެހެން ތައްޓެއްގައި ހަކުރު، ފުށް، ބަޓަރު، ފޮނިތޮށި އަދި ވޯލްނެޓް ކޮޅު އެއްކޮށްލާށެވެ.

4- މިތަކެތި ކުރިން ތައްޔާރު ކުރި މިކްސްގެ މައްޗަށް ވިއްސާލާފައި 35-40 މިނެޓް ވަންދެން ފިހެލާށެވެ. ހިހޫ ވަންދެން ބަހައްޓާލަން ވާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.