ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އިންސްޓަގްރާމްގެ “ފްލޭޝް III” ފިލްޓަރު: އާދައިގެ ފޮޓޯތައް ފުރިހަމަ ފޮޓޯއަކަށް ބަދަލުކޮށްލަނީ

ސޯޝަލް މީޑިއާގެ މަގުބޫލު ޕްލެޓްފޯމެއް ކަމަށްވާ އިންސްޓަގްރާމުން މިވަނީ ފޮޓޯ އެޑިޓްކުރުމުގައި އާ އިންގިލާބެއް ގެނުވާފައެވެ. އެގޮތުން މިހާރު އެންމެ ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަނީ “ފްލޭޝް III” ފިލްޓަރެވެ. މި ފިލްޓަރުގެ އެހީގައި އާދައިގެ ފޮޓޯތައް ހިތްގައިމު “މާސްޓަރޕީސް” ތަކަކަށް ބަދަލުކޮށްލުމުގެ ފުރުސަތު ބޭނުންކުރާ ފަރާތްތަކަށް ވަނީ ހުޅުވިފައެވެ.

މި ފިލްޓަރު ބޭނުންކޮށްގެން ފޮޓޯތަކަށް ގެނެވޭ ބަދަލުތަކުގެ ތެރޭގައި، ފޮޓޯގެ އަލިކަމާއި ކުލަތަކަށް ގެންނަ ހާއްސަ ބަދަލުތައް ހިމެނެއެވެ. މީގެ ސަބަބުން ފޮޓޯގެ ކޮލިޓީ ރަނގަޅުވެ، ބަލާލަން ރީތި މަންޒަރަކަށް ފޮޓޯ ބަދަލުވެގެންދެއެވެ. ޚާއްސަކޮށް އަލި މަޑު ތަންތަނުގައި ނަގާފައިވާ ފޮޓޯތަކަށް މި ފިލްޓަރުގެ ސަބަބުން އާ ދިރުމެއް ލިބިގެންދެއެވެ.

“ފްލޭޝް III” ފިލްޓަރު ބޭނުންކުރާނެ ގޮތް:

މި ފިލްޓަރު ބޭނުންކުރުމަށްޓަކައި އެންމެ ފުރަތަމަ އިންސްޓަގްރާމްގެ ސްޓޯރީ ނުވަތަ ރީލްސް ބައި ހުޅުވާލުމަށްފަހު، “އިފެކްޓްސް” އަށް ގޮސް “ފްލޭޝް III” މި ނަމުން ސާޗް ކޮށްލުމުން ފެންނާނެއެވެ. އެއަށްފަހު ތިމާ ބޭނުންވާ ފޮޓޯއަކަށް ނުވަތަ ވީޑިއޯއަކަށް މި ފިލްޓަރު ހިޔާރުކޮށްލެވޭނެއެވެ.

މި ފިލްޓަރުގެ މަގުބޫލުކަން އިތުރުވެފައިވަނީ އާޓިސްޓިކް ލުކްއެއް ފޮޓޯތަކަށް ގެނެސްދޭތީއެވެ. ގިނަ އަދަދެއްގެ އިންފްލުއެންސަރުންނާއި އާންމު ބޭނުންކުރާ ފަރާތްތަކުން މިހާރު އަންނަނީ މި ފިލްޓަރު ބޭނުންކޮށްގެން އެމީހުންގެ ފޮޓޯތައް އާންމުކުރަމުންނެވެ.

މިއީ އިންސްޓަގްރާމް ބޭނުންކުރާ ފަރާތްތަކަށް، އެއްވެސް އަގަކާ ނުލައި ފަސޭހަކަމާއެކު ފޮޓޯތައް ޕްރޮފެޝަނަލް ފެންވަރަކަށް ބަދަލުކޮށްލަން ލިބޭ ރަނގަޅު ފުރުސަތެކެވެ. އިންސްޓަގްރާމުން މިފަދަ އާ ފިލްޓަރުތައް ތައާރަފުކުރަމުން ދަނީ ބޭނުންކުރާ ފަރާތްތަކަށް އިތުރު ފޯރިއާއި ޝައުގުވެރިކަން ގެނުވައިދިނުމުގެ މަގްސަދުގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top