ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވެބް ސީރީޒް “އަންދޭކީ” ސީޒަން 4 މެއި މަހު

އިންޑިއާގެ މަޝްހޫރު އޯޓީޓީ ޕްލެޓްފޯމެއް ކަމަށްވާ “ސޮނީ ލިވް” އިން ގެނެސްދޭ ކާމިޔާބު ކްރައިމް ތުރިލާ ސީރީޒް “އަންދޭކީ” ގެ ހަތަރުވަނަ ސީޒަން އަންނަ މެއި މަހު ރިލީޒްކުރަން ނިންމައިފިއެވެ.

މި ސީރީޒަކީ އިންޑިއާގެ ހިތްގައިމު މަނާލީގައި ހިނގާ ނުރައްކާތެރި ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ސީރީޒެކެވެ. މި ސީޒަނުގައިވެސް ކުރީގެ ސީޒަންތަކުން ފެނިގެންދިޔަ މައިގަނޑު ތަރިން ކަމަށްވާ ހަރްޝް ޗާޔާ، ދިބްޔެންދޫ ބަޓަޗާރިއާ އަދި ސޫރްޔާ ޝަރުމާ ފެނިގެންދާނެއެވެ. މީގެ އިތުރުން އަންޗަލް ސިންގް، އަންކުރް ރާތީ، އަޕޭކްޝާ ޕޯރްވާލް، ވާރުން ބަގާތު، ޝިވާންގީ ސިންގް އަދި މި ސީޒަނާ އަލަށް ގުޅުނު ގޯތަމް ރޯޑޭ އަދި ޝިވް ޖިޔޯތީ ރާޖްޕުތު ވެސް މި ސީޒަންގައި ފެނިގެންދާނެއެވެ.

މި ސީޒަން ރިލީޒްކުރަން ނިންމާފައިވަނީ ކުރީގެ ސީޒަންތަކަށް ލިބުނު ބޮޑު ތަރުހީބާއި، ވާހަކަ މެދުކެނޑިފައިވާ ހިސާބުން ބެލުންތެރިން ތިބި އިންތިޒާރަށް ނިމުމެއް ގެނައުމުގެ ބޭނުމުގައެވެ. “ފައިނަލް ބެޓްލް” ނުވަތަ އެންމެ ފަހުގެ ކުރިމަތިލުމުގެ ގޮތުގައި މި ސީޒަން އިސްތިހާރު ކުރަމުންދާއިރު، އަތުވަލް އާއިލާގެ ކުށްތަކާއި އެ އާއިލާއާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ނިމުން މި ސީޒަނުން ފެނިގެންދާނެ ކަމަށް ބެލެވެއެވެ.

“އަންދޭކީ” އަކީ އޭގެ ސަސްޕެންސް ވަރުގަދަވުމާއި، އެކްޓަރުންގެ މޮޅު ހުނަރުގެ ސަބަބުން ކްރައިމް ތުރިލާ ބަލާ ހިތްވާ މީހުންގެ މެދުގައި ވަރަށް މަޤުބޫލު ސީރީޒެކެވެ. މި ސީޒަނާއެކު ވާހަކައިގެ ހުރިހާ ސުވާލުތަކަކަށް ޖަވާބު ލިބިގެންދާނެ ކަމަށް އުފެއްދުންތެރިން އުންމީދު ކުރެއެވެ.

ކުރީގެ ތިން ސީޒަންވެސް ޑައިރެކްޓްކުރި އާޝީޝް އާރް. ޝުކްލާ ޑައިރެކްޓްކޮށް، “އަންދޭކީ: ދަ ފައިނަލް ބެޓްލް” ގެ ނަމުގައި ނެރޭ މި ސީޒަން ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 1 ވަނަ ދުވަހު ސޮނީ ލިވް މެދުވެރިކޮށެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top