ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަރްޖުން ރާމްޕާލް މިފަހަރު “ބިލިއަނަރ” އަކަށް

“ދުރަންދަރް: ދަ ރިވެންޖް” ގެ ކާމިޔާބީއަށްފަހު،  ބޮލީވުޑް އެކްޓަރު އަރްޖުން ރާމްޕާލް އޭނާގެ ކުރިއަށް އޮތް ޕްރޮޖެކްޓް އިޢުލާނުކޮށްފިއެވެ.

“ބިލިއަނަރ” ގެ ނަން ދީފައިވާ މި ވެބް ސީރީޒްގައި އޭނާ ކުޅެނީ ބާރުގަދަ ވިޔަފާރިވެރިއެއްގެ ރޯލެވެ. މި ކެރެކްޓާ އިންސްޕަޔާ ވެފައިވަނީ މަޝްހޫރު ވިޔަފާރިވެރިޔާ ވިޖޭ މަލްޔާގެ ދިރިއުޅުމުން ކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް މި ސީރީޒްގައި އަރްޖުންގެ ކެރެކްޓާއަށް އެއްވެސް ހަޤީޤީ މީހެއްގެ ނަމުން ނަން ދީފައި ނުވި ނަމަވެސް ސީރީޒް ބަލައިލުމުން ބެލުންތެރިންނަށް ވާހަކަ ގުޅުވައިލެވޭނެ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

“ދުރަންދަރްގެ ކާމިޔާބީއަށްފަހު އަރްޖުން ސޮއިކުރި ފުރަތަމަ ޕްރޮޖެކްޓް މީ. ސްކްރިޕްޓް އަޑުއެހުމާއެކު އޭނާ ވަގުތުން އެއްބަސްވީ.” މިޑް-ޑޭ އާ ވާހަކަދެއްކި ސީރީޒާއި ގާތް ފަރާތަކުން ބުނެފައިވެއެވެ.

އަރްޖުންގެ ކެރެކްޓާއަކީ ގްރޭ ޝޭޑްސް ތަކެއް ހުންނަ ކެރެކްޓާއެއް ކަމަށާއި އޭނާ ވިޔަފާރީގެ ޤަވާއިދުތައް އަމިއްލައަށް ފައިދާވާ ގޮތަށް ބަދަލުކޮށް، އޭގެ ސަބަބުން އޭނާ ވިޔަފާރީގައި އަޑިއަޅާލާ ގޮތް މި ސީރީޒްގައި ދައްކުވައިދޭނެކަމަށް ވެއެވެ. އަރްޖުން ވަރަށް ސްޓައިލިޝް މީހެއްގެ ގޮތުގައި ފެންނަ މި ސީރީޒްގެ މި ރޯލަށް ތައްޔާރުވުމުގެ މަސައްކަތް އޭނާ އަންނަ މެއި މަހު ފަށާނެކަމަށް ވެއެވެ. އަދި ތިން މަސްދުވަހުގެ ތައްޔާރީއަށް ފަހު އޮގަސްޓް މަހު ޝޫޓިން ފަށަން ރާވާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

އެމެޒީން އެމްއެކްސް ޕްލޭޔާގައި ދައްކާ “ބިލިއަނަރ” ޑައިރެކްޓްކުރާނީ ހަންސަލް މެހެތާ އާއި ރޮބީ ގްރެވާލްއެވެ. މިއީ މި ދެ ޑައިރެކްޓަރުންނާއެކު އަރްޖުން މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top