ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ތިޔައީ “ފަސޭހަ” ބައިވެރިއެއްތަ؟
ފޮޓޯ: އޭއައި ބޭނުންކޮށްގެން އުފައްދާފައި / މުނިއަވަސް

ލޯބީގެ ގުޅުމެއްގައި މާބޮޑަށް ދޫދޭ ނުވަތަ ބައިވެރިޔާ ބޭނުންވާ ކޮންމެ ގޮތަކަށް އެއްބަސްވާ “ފަސޭހަ” ބައިވެރިއަކަށް ވުމަކީ ބޭރުފުށުން ރަނގަޅު ކަމެއްގެ ގޮތުގައި ފެނުނަސް، އޭގެ ސަބަބުން އަމިއްލަ ނަފްސަށާއި ގުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމެކެވެ.

މިފަދަ “ފަސޭހަ” ބައިވެރިއަކަށް ނުވާންވީ ތިން ސަބަބަކަށް ބަލައިލާނަމެވެ.

1 – އަމިއްލަ ބޭނުންތަކާއި އިޙުސާސްތައް ފޮރުވަން ޖެހުން

ތިބާއީ ކޮންމެ ކަމެއްގައިވެސް ބައިވެރިޔާ ބޭނުންވާ ގޮތަށް ދޫދޭ މީހަކަށް ވެއްޖެނަމަ، އެންމެ ފުރަތަމަ ގެއްލިގެންދަނީ ތިމާގެ އަމިއްލަ ބޭނުންތަކެވެ. ތިމާ ބޭނުންވާ ގޮތާއި، ތިމާ ޤަބޫލުކުރާ އުސޫލުތަކަށް ދެވޭ ސަމާލުކަން ކުޑަވެއެވެ. ކާނޭ އެއްޗަކުން ފެށިގެން ޗުއްޓީ ހޭދަކުރާނެ ގޮތަކާ މެދުވެސް އަމިއްލަ އިޚުތިޔާރު ކުޑަވެ، ހުރިހާ ކަމެއްގައި ބައިވެރިޔާއަށް ދޫދޭން ޖެހެއެވެ. މީގެ ސަބަބުން ދިރިއުޅުމުގެ އުފާވެރިކަން ގެއްލި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވާން މެދުވެރިވެއެވެ.

2 – ހިތްހަމަނުޖެހުންތައް އެތެރެހަށީގައި ޖަމާވުން

މިއީ އެންމެ ނުރައްކާތެރި ކަންތަކެވެ. އަބަދުވެސް “މައްސަލައެއް ނެތޭ” ނުވަތަ “އެންމެ ރަނގަޅޭ” ބުނެ، ހިތުގައި އުފެދޭ ޝަކުވާތައް ފޮރުވުމަކީ އެތެރެހަށީގައި ނުރުހުންތެރިކަން އުފެދޭނެ ކަމެކެވެ. ބޭރުފުށުން ހަމަޖެހިލައިގެން ހުއްޓަސް، ތިމާގެ ސިކުނޑި އެ މާޔޫސްކަން ރެކޯޑު ކުރަމުންދާނެއެވެ. މިގޮތަށް ބަންދުކޮށްފައި ހުންނަ އިޙުސާސްތައް ކޮންމެވެސް ދުވަހަކުން ކޮންޓްރޯލުން ނެއްޓިގެން ބޭރުވާނެއެވެ. އަދި ތިބާއީ އަބަދުވެސް “ދޫދޭ” މީހެއްގެ ގޮތުގައި ބައިވެރިޔާ ޤަބޫލުކޮށްފައި އޮތުމުން، ފަހުން ތިމާގެ ހިތްހަމަނުޖެހުން ފާޅުކުރުމުން ބައިވެރިޔާއަށް އެކަން ދެނެގަންނަން އުނދަގޫވެ، ގުޅުމަށް ބުރޫއަރައެވެ.

3 – ބައިވެރިޔާއަށް ތިމާ ދެނެގަންނަން އުނދަގޫވުން

އަބަދުވެސް ހަމަޖެހިލައިގެން، ބައިވެރިޔާ ބޭނުންވާ ގޮތަށް އުޅުމަކީ ތިމާގެ އަސްލު ސިފަ ފޮރުވުމެވެ. ތިމާ ހަޤީޤަތުގައި ލޯބިވަނީ ކޮން ކަންތައްތަކަކަށް ކަމެއް ނުވަތަ ދެރަވަނީ ކޮން ކަންތައްތަކަކާ ކަމެއް ބައިވެރިޔާއަކަށް ނޭނގޭނެއެވެ. މީގެ ސަބަބުން ދެމީހުންގެ ދެމެދުގައި އޮންނަންޖެހޭ ގާތްކަމަށް ހުރަސް އެޅި، ބައިވެރިޔާއަށް ތިމާގެ އަސްލު ޝަޚުސިއްޔަތު ދެނެގަންނަން ނޭނގި، ގުޅުމުގައި ހުސްކަމެއް އުފެދެއެވެ.

އެހެންކަމުން ގުޅުމެއް ދެމެހެއްޓުމުގައި ދޫދިނުމަކީ މުހިންމު ކަމެއް ނަމަވެސް، އަމިއްލަ ނަފްސާއި އަމިއްލަ އިޙުސާސްތައް ޤުރުބާންކޮށްލާފައި “ފަސޭހަ” މީހަކަށް ވުމަކީ ދިގު މުއްދަތުގައި ލިބޭނެ ގެއްލުމެކެވެ. އަމިއްލަ ޚިޔާލާއި ބޭނުންތައް ހާމަކުރުމަކީ ގުޅުން އިތުރަށް ވަރުގަދަވެ، ދެމީހުންގެ މެދުގައި އޮންނަ އިތުބާރު ބޮޑުވާނެ ކަމެކެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top