ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ހޯންޓެޑް 3ޑީ : ގޯސްޓްސް އޮފް ދަ ޕާސްޓް” ސިނަމާތަކަށް

ބިރުވެރި ފިލްމުތައް އުފެެއްދުމުގައި ފާހަގަކޮށްލެވޭ އިންޑިއާގެ ޑައިރެކްޓަރު ވިކްރަމް ބަޓްގެ އާ ފިލްމު “ހޯންޓެޑް 3ޑީ: ގޯސްޓްސް އޮފް ދަ ޕާސްޓް” ސިނަމާތަކަށް ގެންނަ ތާރީޚު އިޢުލާނުކޮށްފިއެވެ.

އެންމެ ފުރަތަމަ މި ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައި އޮތީ 2025 ވަނަ އަހަރުގެ ނޮވެމްބަރު 21 ގައެވެ. އެއަށްފަހު ޖެނުއަރީ 30 އަދި ފެބްރުއަރީ 6 އަށް ފަސްކުރުމަށްފަހު މިހާރު ނިންމާފައިވަނީ ޖޫންގައި ރިލީޒްކުރުމަށެވެ.

ބޮލީވުޑް ހަންގާމާއާ ވާހަކަ ދެއްކި ފަރާތަކުން ބުނީ “ރިލީޒް ކުރާ މުއްދަތަށް ބަލާއިރު މިއީ އެކަށީގެންވާ ތާރީޚެއް ކަމަށް ފިލްމުގެ ޓީމުން ޤަބޫލުކުރާ” ކަމަށާއި “ބޮޑު އޯޑިއެންސެއް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް” ކަމަށެވެ.

މި ފިލްމުގެ ލީޑް ރޯލުން ފެންނާނީ މިމޯ ޗަކްރަބަތީއެވެ. މިއީ 2011 ގައި ރިލީޒްކުރި “ހޯންޓެޑް 3ޑީ” އަށް ފަހު ބަޓް އާއި ޗަކްރަބަތީ އެކުގައި މަސައްކަތް ކުރާ ދެވަނަ ފިލްމެވެ. މި ފިލްމުގައި ޗޭތުނާ ޕާންޑޭ ވެސް ހިމެނެއެވެ. މި ފިލްމު ވެސް 3ޑީ ކޮށް ރިލީޒްކުރާއިރު، ޕްރޮޑިއުސް ކުރަނީ އާނަންދް ޕަންޑިތު، ރާކޭޝް ޖުނޭޖާ އަދި ޝްވެތާމްބަރީ ބަޓެވެ.

ސެޕްޓެމްބަރު މަހު ޓީޒާ ރިލީޒްކުރުމަށް ފަހު، ބެލުންތެރިންގެ ފީޑްބެކަށް ބިނާކޮށް ފިލްމުގެ ބައެއް ބައިތައް އަލުން ޝޫޓުކުރަން ވިކްރަމް ބަޓް ނިންމިއެވެ. ބެލުންތެރިންގެ ބައެއް ފަރާތްތަކުން އެދުނީ އަސްލު ލޮކޭޝަންތައް އިތުރުކުރުމަށް ކަމުން، 10 އާއި 12 ދުވަހާ ދެމެދުގެ މުއްދަތަކަށް އަސްލު ލޮކޭޝަންތަކުގައި ޝޫޓުކުރިއެވެ. “ބެކްގްރައުންޑަށް ވީއެފްއެކްސް ޕްލޭޓްސް ގިނައިން ހެދިން. އެކަމަކު އެ އެހާ ހަޤީޤީ ގޮތެއް ނުފެނުނު” ކަމަށް ވިކްރަމް ބަޓް ބުންޏެވެ.

ވިކްރަމް ބަޓް ބުނީ “އަހަރެންގެ ކުރިއަށް އޮތް ފިލްމުގައި އިންޑިއާ ސިނަމާގައި މިހާތަނަށް ފެންނާނެ އެންމެ މޮޅު 3ޑީ ހިމެނޭނެ ކަމަށް ބުނެވޭނެ. 3ޑީ ބައެއް ޝޮޓްތައް ދެކިފައި އުފަލުން ފުމެވުނު!” ކަމަށެވެ.

ވިކްރަމް ބަޓް އެންމެ ފަހުން ޑައިރެކްޓް ކޮށްފައިވަނީ 2025 ގައި ރިލީޒްކުރި “ތުމްކޯ މެރީ ކަސަމް” އެވެ. “ހޯންޓެޑް 3ޑީ: ގޯސްޓްސް އޮފް ދަ ޕާސްޓް” މިހާރު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވަނީ 12 ޖޫން 2026 ގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top