ޕާކިސްތާން ޑްރާމާ “ޝައިދާއީ” ދައްކަން ފަށާ ތާރީޚު އާންމުކޮށްފިއެވެ.
މި ޑްރާމާގެ ލީޑް ރޯލުން ފެނިގެންދާނީ ފީރޯޒް ޚާނާއި ސަހަރް ހާޝިމީއެވެ. މިއީ ކުއްލި، ޖޯޝުގަދަ ލޯތްބެއްގެ ސަބަބުން ފިރިހެނެއްގެ މުޅި ދިރިއުޅުން ބަދަލުވެގެންދާ ގޮތް ދައްކުވައިދޭ ޖަޒުބާތީ ލޯބީގެ ޑްރާމާއެކެވެ. ސަޕޯޓިން ކާސްޓުގެ ތެރޭގައި ބުޝްރާ އަންސާރީ، މަޙްމޫދު އަސްލަމް، ނަވާލް ސައީދު، ތައުސީޤް ހައިދަރު އަދި ޒައިނަބް ޤައްޔޫމް ހިމެނެއެވެ.
ޑްރާމާގެ ޓީޒާތަކުން ފެންނަ ގޮތުގައި ވާހަކައިގެ ތެރެއިން ފީރޯޒް ޚާންގެ ކެރެކްޓާ ހައި-ސްޓޭކްސް ޑްރާމާއިން ފެށިގެން މަޑުމައިތިރި ރޮމޭންޓިކް ސޫރައަކަށް ބަދަލުވެގެންދާ މަންޒަރު ފެނެއެވެ. މުޅިން އަލަށް އެކުގައި ސީރީޒަކުން ފެނިގެންދާ ފީރޯޒް ޚާނާއި ސަހަރް ހާޝިމީގެ ތާޒާ ކެމިސްޓްރީއާއެކު ވަރުގަދަ ކާސްޓެއް މި ޑްރާމާގެ ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި ހިމެނެއެވެ.
“ޝައިދާއީ” ޑައިރެކްޓްކޮށްފައިވަނީ ޢަލީ ފައިޒާނެވެ. ލިޔެފައިވަނީ ސަޤްލައިން އައްބާސްއެވެ. ޕްރޮޑިއުސްކުރީ ސެވެންތު ސްކައި އެންޓަޓެއިންމެންޓްގެ ކުޑައިގެ ދަށުން ޢަބްދުﷲ ކަދްވާނީ އާއި އަސަދު ޤުރައިޝީއެވެ.
މި ހިނގާ އޭޕްރިލް މަހުގެ 22 ގައި ޖީއޯ ޓީވީން ދައްކަން ފަށާ “ޝައިދާއީ” ގެ އެޕިސޯޑްތައް ކޮންމެ ބުދަ އަދި ބުރާސްފަތި ދުވަހެއްގެ ރޭ 8:00 ގައި ދައްކާގޮތަށް ވަނީ ނިންމާފައެވެ. އަދި ހަރްޕަލްޖީއޯ ޔޫޓިއުބް ޗެނަލުންވެސް އެޕިސޯޑްތައް ބަލައިލެވޭނެއެވެ.
