ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
” ދުރަންދަރު 2 ” އޯޓީޓީގައި ރިލީޒްކުރާ ތާރީޚު ކަށަވަރުވެއްޖެ

މި އަހަރުގެ މާޗް 19 ގައި ސިނަމާތަކަށް އައި ރަންވީރު ސިންގްގެ ‘ދުރަންދަރު: ދަ ރިވެންޖް’ އަކީ ދުނިޔޭގެ ނިސްބަތުން ތިންވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި އިންޑިއާގެ ފިލްމުގެ ޝަރަފު މިހާރު ވަނީ ހޯދާފައެވެ. 2026 ވަނަ އަހަރުގެ މާޗް މަހު މި ފިލްމު ރިލީޒްކުރި ދުވަހުން ފެށިގެން އަންނަނީ ބޮޑު ކާމިޔާބީއެއް ހޯދަމުންނެވެ.

ފިލްމު ރިލީޒްކުރި ފަހުން، މި ސިލްސިލާގެ ފޭނުން އެންމެ ބޮޑަށް އިންތިޒާރު ކުރަމުން އައީ މި ފިލްމު އޯޓީޓީ ޕްލެޓްފޯމެއްގައި ދައްކަން ފަށާނެ ދުވަހަކަށެވެ.

ސްޓްރީމްކުރާ ޕްލެޓްފޯމް

މި ފިލްމުގެ ސްޓްރީމިންގް ރައިޓްސްއާ ގުޅޭގޮތުން ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، ފުރަތަމަ ފިލްމު ނެޓްފްލިކްސް އިން ދެއްކި ނަމަވެސް، މި ފަހަރުގެ ފިލްމު ދައްކާނީ ‘ޖިއޯ ހޮޓްސްޓާ’ މެދުވެރިކޮށެވެ. ރަންވީރު ސިންގް މުހިންމު ރޯލެއް ކުޅެފައިވާ މި ފިލްމުގެ ޑިޖިޓަލް ރައިޓްސް ވިއްކާލާފައިވަނީ ރެކޯޑު އަދަދެއް ކަމަށްވާ ގާތްގަނޑަކަށް 150 ކްރޯޑު ރުޕީސް އަށެވެ.

އޯޓީޓީގައި ރިލީޒްކުރާ ތާރީޚު

އިންޑިއާގެ ގިނަ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ޖާސޫސީ ހަރަކާތްތަކެއް ފެނިގެންދާ މި އެކްޝަން ފިލްމު ސްޓްރީމް ކުރަން ފަށާނީ 2026 ވަނަ އަހަރުގެ މޭ މަހުގެ ފަހުކޮޅު ނުވަތަ ޖޫން މަހުގެ ކުރީކޮޅުގައެވެ. އާންމުގޮތެއްގައި ފިލްމެއް ރިލީޒްކުރާތާ ތިން މަސް ނުވަނީސް އޯޓީޓީއަށް އައި ނަމަވެސް، ބޮކްސް އޮފީހުގައި މި ފިލްމަށް ލިބެމުންދާ އާދަޔާޚިލާފު ތަރުހީބުގެ ސަބަބުން، ފިލްމު އުފެއްދި ފަރާތްތަކުން ވަނީ އޯޓީޓީގައި ރިލީޒްކުރުން ކުޑަކޮށް ލަސްކޮށްފައެވެ.

މި ފިލްމު އޯޓީޓީގައި ރިލީޒްކުރާ ޚަބަރު ފެންމަތިވެފައި މިވަނީ، ‘ދުރަންދަރު 2’ އިން ތާރީޚީ ކާމިޔާބީތަކެއް ހޯދާފައިވާ ދަނޑިވަޅެއްގައެވެ.

ސާރާ އަރުޖުން އާއި އަރުޖުން ރާމްޕާލް ވެސް މުހިންމު ރޯލުތަކުން ފެނިގެންދާ މި ފިލްމަކީ އިންޑިއާގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމު ފްރެންޗައިޒްތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ. މީގެ އިތުރުން، ‘ދުރަންދަރު: ދަ ރިވެންޖް’ އަކީ އިންޑިއާގައި 1,000 ކްރޯޑު ރުޕީސްގެ ސާފު އާމްދަނީއެއް ހޯދި ފުރަތަމަ ހިންދީ ފިލްމުގެ ޝަރަފު ވެސް ހޯދާފައިވާ ފިލްމެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top