މިއީ ތާޒާ ލޮނުމެދާއި، މީރުވަސްދުވާ ފަތްޕިލާވެލީގެ އިތުރުން ޕާމީޒާން ޗީޒް އަދި ފޯ-ޗީޒް ބްލެންޑް ބޭނުންކޮށްގެން ތައްޔާރުކުރާ، އަނގަޔަށް މީރު ހޫނު ގާލިކް ބްރެޑެކެވެ.
ތައްޔާރުކުރެވޭނެ މިންވަރު: 8 މީހުންނަށް
ތައްޔާރުކުރަން ނަގާނެ ވަގުތު: 15 މިނެޓު
ކައްކަން ނަގާނެ ވަގުތު: 12 މިނެޓު
ޖުމްލަ ވަގުތު: 27 މިނެޓު
ބޭނުންވާ ތަކެތި:
½ ޖޯޑު އަންސޯލްޓަޑް ބަޓަރު (މަޑުކޮށްފައި)
8 ނުވަތަ 10 ލޮނުމެދު (ގާލިކް ޕްރެސްއަކުން ފިތާލާފައި)
¼ ސައިސަމުސާ ލޮނު
¼ ސައިސަމުސާ ލެމަން ޒެސްޓް
ކުޑަ އަސޭމިރުސްކޮޅެއް (މުގުރާފައި)
ކުޑަ ރެޑް ޕެޕާ ފްލޭކްސްކޮޅެއް (ކުޑަކޮށް ކުޅިކޮށްލަން ބޭނުންނަމަ)
1 ސައިސަމުސާ އިޓަލިއަން ސީޒަނިންގް
¼ ޖޯޑު ގާނާފައި ހުރި ޕާމީޒާން ޗީޒް
14 އިން 16 އައުންސްގެ ފްރެންޗް ބްރެޑް ލޯފެއް (ދިގަށް ދެބަޔަށް ފަޅާލާފައި)
1 ޖޯޑު އިޓަލިއަން ފޯ-ޗީޒް ބްލެންޑް
ކޮށާފައި ހުރި ބެސިލް ފަތް (ގާނިޝް ކުރުމަށް)
ތައްޔާރުކުރާނެ ގޮތް:
1 – އެންމެ ފުރަތަމަ މަތީގައިވާ ލިސްޓާ އެއްގޮތަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ތައްޔާރުކޮށްލާށެވެ.
2 – އަވަން 350 ޑިގްރީއަށް ހޫނުކުރަން ޖައްސާށެވެ. އަދި ބޭކިންގް ޓްރޭއެއްގައި ފޮއިލް ނުވަތަ ޕާޗްމަންޓް ޕޭޕަރު އަޅާށެވެ.
3 – ބޮޑު ތަށްޓަކަށް މަޑުކޮށްފައި ހުރި ބަޓަރު އެޅުމަށްފަހު، އޭގެ ތެރެއަށް ލޮނުމެދު، ލެމަން ޒެސްޓް، އަސޭމިރުސް، ރެޑް ޕެޕާ ފްލޭކްސް، އިޓަލިއަން ސީޒަނިންގް އަދި 2 ސަމުސާ ޕާމީޒާން ޗީޒް އަޅާށެވެ. ހުރިހާ އެއްޗެއް ރަނގަޅަށް އެއްވަންދެން އެއްކޮށްލާށެވެ.
4 – ތައްޔާރުކުރި ބޭކިންގް ޓްރޭގައި ދެފަޅިކުރި ފާރޮށި (ބްރެޑް) ބާއްވާށެވެ. އަދި އޭގެ މަތީގައި ތައްޔާރުކުރި ބަޓަރު މިކްސްޗަރު ރަނގަޅަށް ހާކާލާށެވެ. ބްރެޑްގެ ހުރިހާ ދިމާއަކަށް ބަޓަރު ފޯރާނެހެން އުނގުޅުމަށް ސަމާލުކަން ދޭށެވެ.
5 – އަވަނަށް ލައިގެން 10 މިނެޓު ވަންދެން ފިހެލާށެވެ. ބަޓަރުކޮޅު ވިރި، ބްރެޑަށް ރަންކުލަ އަރަން ފެށުމުން އަވަނުން ނަގާށެވެ. މިވަގުތު އަވަން (ބްރޮއިލް) ސެޓިންއަށް ބަދަލުކޮށްލާށެވެ.
6 – ކޮންމެ ބްރެޑް ފަޅިއެއްގެ މައްޗަށް ½ ޖޯޑު ފޯ-ޗީޒް ބްލެންޑް އަޅާށެވެ. އަދި އަލުން އަވަނަށް ލައިގެން 2-3 މިނެޓު ވަންދެން ފިހެލާށެވެ. ޗީޒްކޮޅު ވިރި، ބޮކިޖަހަން ފެށުމުން އަވަނުން ނަގާށެވެ.
7 – ކެއުމަށް ތައްޔާރުކުރުމަށްޓަކައި، ކޮންމެ ބްރެޑް ފަޅިއެއް 8 ފޮއްޗަށް (ހުރަހަށް) ކޮށާލާށެވެ. އޭގެ މައްޗަށް ބާކީ ހުރި ޕާމީޒާން ޗީޒްކޮޅާއި، ބެސިލް ފަތްކޮޅު ބުރުވާލާށެވެ. މި ބްރެޑް ކާން އެންމެ މީރުވާނީ ހޫނުކޮށް ހުއްޓައެވެ.
މި ރެސިޕީއަށް ބައެއް އިރުޝާދު:
ބްރެޑް: މަޑު، މީރު ރަހައެއް ލިބުމަށްޓަކައި ފްރެންޗް ބްރެޑް ނުވަތަ ސިއަބާޓާ ބްރެޑް ބޭނުންކުރެވިދާނެއެވެ.
ބަޓަރު: ރަނގަޅު ފެންވަރުގެ އޯގަނިކް އަންސޯލްޓަޑް ބަޓަރު ބޭނުންކުރުމުން، ކާނާގައި ލޮނު ހުންނަ މިންވަރު އަމިއްލައަށް ކޮންޓްރޯލް ކުރެވޭނެއެވެ.
ލޮނުމެދު: ގާލިކް ބްރެޑްފެ އަސްލު ރަހަ ގެނައުމަށްޓަކައި ތާޒާ ލޮނުމެދު ގިނައިން ބޭނުންކުރުމަކީ މުހިންމު ކަމެކެވެ. ބަޓަރާއެކު މި ރަހަ ވަރަށް ބޮޑަށް ގުޅޭނެއެވެ.
މިންވަރު މަދުކުރުން: މިއީ 8 މީހުންނަށް ތައްޔާރުކުރާ މިންވަރެވެ. މަދު ބަޔަކަށް ތައްޔާރުކުރާނަމަ، ބްރެޑްގެ ދެބައިކުޅަ އެއްބައި ބޭނުންކޮށްފައި އަނެއްބައި ފްރީޒް ކުރެވިދާނެއެވެ. އެހެން ތަކެތިވެސް އެ މިންވަރަށް މަދުކޮށްލާށެވެ.
