ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ގަނާ” 02 މެއި ގައި ވީޑިއޯ ކްލަބަށް!

ގަނާކުރުމުގެ އަނިޔާތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ދިވެހި ސީރީޒް “ގަނާ” އަންނަ މަހު 02ގައި ވީޑިއޯ ކްލަބަށް ޕްރިމިއާކުރަން ފަށާނެ ކަމަށް މީޑިއާނެޓުގެ ވީޑިއޯ ކްލަބުން ބުނެފިއެވެ.

މީޑިއާނެޓް އޮރިޖިނަލްސް ބެނާގެ ދަށުން “އެއްކާފް” އުފައްދާ މި ސީރީޒްއަކީ ސައިކޮލޮޖިކަލް ތްރިލާ ޖޮންރާގެ އުފެއްދުމެކެވެ. ސީރީޒްއިން ފެނިގެންދާނީ އަނިޔާވެރިކަމާއި ގަނާކުރުމުގެ ޝިކާރައަކަށްވާ މީހެއްގެ ވާހަކައެވެ.

އަހުމަދު އީސާ (އާނަންދު)، ލަމްހާ ލަތީފް (ލަމް)، ޝަރަފް، ޝާރިފް، އަފްރާހް، އައްކި، ހަމްދާން އަދި އެނޫންވެސް ފަހުގެ މަޝްހޫރު ތަރިން ހިމެނޭ މި ސީރީސް ލިޔެ އަދި ޑައިރެކްޓްކޮށްފައިވަނީ ރަވީ ފާރޫގު އެވެ.

ވީޑިއޯ ކްލަބާއި އެއްކާފުގެ މި ކޮމްބިނޭޝަނަކީ މީގެ ކުރިން ވެސް ދިވެހިންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދި “ގަރީނާ” އަދި “ހިންތާ” ބެލުންތެރިންނާ ހަމައަށް ގެނެސްދިން ކޮމްބިނޭޝަނެވެ.

މިވެސް ކިޔާލަން:  ރިޝްމީގެ "އޮއްސެމުން" ވަރަށް ތަފާތު! ބަލައިފިންތަ؟
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top